މުރާޖައާ ކުރުމުގެ ނަމުގައި ފްލެޓު ލިޓު ނެރުން އަނެއްކާވެސް ފަސްކުރުން / ތޭރަގްރެފިކްސް
ހަބަރު
ފޯމުތައް މުރާޖައާ ކުރުމުގެ ނަމުގައި ފްލެޓް ލިސްޓު ނެރުން އަނެއްކާވެސް ފަސްކޮށްފި
Aminath Zara
އައިމިނަތު ޒާރާ
16 ނޮވެމްބަރު 2024
މާލެ ސިޓީ

'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން މިދިޔަ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަން ފަށާފައިވާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުން ފެށޭ ހަފްތާ އިއުލާން ކުރާނެ ކަމަށް ބުނެފައިވަނިކޮށް ކޮރަޕްޝަން އަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ބުނެ ލިސްޓް އާންމު ކުރުން ފަސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބޭނީ ހައްގުވެރިންނަށްކަން ޔަގީން ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން، މި ސްކީމްގެ ދަށުން ހުށަހަޅާފަިއވާ 20،697 އެޕްލިކޭޝަން ފޯމް އިތުރަށް މުރާޖައާ ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި ވަގުތީ ލިސްޓް އާންމުކުރެވޭނީ މި މަސައްކަތް ނިންމުމަށްފަހު ކަމުގައި މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނިމިދިޔަ ސަރުކާރުން "އިވޭލުއޭޓް'' ކޮށް ފްލެޓްގެ ހައްގުވެރިންނަށް ލިޔުން ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އިރު އާ ސަރުކާރަކުން އައިސް ރައްޔިތުންގެ ހައްގު ނިގުޅައި އެބަޔަކު ބޭނުންވާ ބަޔަކަށް ފްލެޓްތައް ދިނުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރެއް ވެގެންދާ އިރު، ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ނިގުޅައިގަނެމުން އަންނަ ކަމަށާއި ރައްޔިތުންގެ ހެވަަށް މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތް ކަމަށްވެސް މި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ދަށްކަމަށް ބުނެ ރައްޔިތުންގެ ކަންކަމަށް ސަރުކާރުން އަންނަނީ "ނޯ" ޖަހަމުންނެވެ.

މިނިސްޓްރީގެ ބަޔާން
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved