March 20, 2026
Advertisement
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް / މަޖިލިސް

އާސަންދަ އުވާލަން މަޖިލީހުގެ ނައިބު ދެއްކެވީ އެ ނިޒާމަށް ކެންސަރު ޖެހިފައިވާ ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 18, 2024, 08:38 PM
މާލެ ސިޓީ

އާސަންދަ ނިޒާމަށް "ކެންސަރު" ޖެހިފައިވާ ކަމަށް ބުނެ އެ ނޒިާމު އުވާލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު އަހުމަދު ނާޒިމް ބާރުއަޅައިފިއެވެ.

Advertisement

ނާޒިމް މިފަދަ ގޮތަށް ވިދާޅުވެފައިވަނީ އަންނަ އަހަރު ލަފާކުރާ ދައުލަތުގެ ބަޖެޓަށް މިއަދު ބަހުސް ކުރައްވަމުންނެވެ.

ނާޒިމް ވިދާޅުވީ، އަމިއްލަ ކުންފުންޏަކުން 24 މިލިއަން ރުފިޔާ އެ އިންޖެކްޝަނަށް އާސަންދައަށް ބިލުކޮށްފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ކުރިން ވިދާޅުވެފައިވާވުމުން މިސާލު ނަގަމުން ނާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީއިން އާސަންދައިގެ ކަންކަން ދިރާސާކުރި އިރު ފެނިގެން ދިޔައީ އެ ނިޒާމު ރިފޯމު ނުކުރެވޭނެ ކަމުގެ ނިޝާންތައް ކަމަށެވެ.

އާސަންދައިގެ ކަންކަން މާލިއްޔަތު ކޮމެޓީން ބެލި ބެލުމުގައި، އާސަންދަ މިވަނީ ރަގަޅު ނުކުރެވޭ ވަރަށް، ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފަ. އަސްލު ކެންސަރު ޖެހިފަވަނީ އާސަންދައަށް

ބޮޑު ބައްޔަކާ ދިވެހިންގެ ގައުމީ ސިއްހީ ސްކީމު ސިފަކުރަމުން ނާޒިމް ވިދާޅުވިއެވެ.

އެ ކުންފުނި އުވާލައި އާ ކުންފުންޏަކާއެކު އެ މަސައްކަތް އަލުން ފެށުމަށް ވެސް ނާޒިމު ވަނީ މަޖިލީހުގައި ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved