March 22, 2026
Advertisement
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު / ރައްޔިތުންގެ މަޖިލިސް

އާރުޓިއައި ނުލާ ރާއްޖޭގައި މިހާރު ލިބޭ ލިޔުމަކީ ހަމައެކަނި ހުކުރު ޚުޠުބާ: މެމްބަރު ފިއްޓޭ

Mariyam Isaadha
މަރިޔަމް އިސާދާ
Nov 19, 2024, 03:30 AM
މާލެ ސިޓީ

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ތެރެއިން ނޫން ގޮތަށް ސަރުކާރުން ހާމަކުރާ ހަމައެކަނި ލިޔުމަކީ ހުކުރު ޚުޠުބާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ)ގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

ފިއްޓޭ މިފަދައިން ވިދާޅުވި، ރާއްޖެ ޓީވީގެ "ގިލަންވެރިކަމުގެ 1 އަހަރު) ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

ފިއްޓޭ ވިދާޅުވީ ގައުމުގައި ކޮރަޕްޝަން އިންތިހާއަށް އެބައޮތް ކަމަށާ އެކަން އެންމެ ރަގަޅަށް ހާމަވަނީ ސަރުކާރުން ދައްކާ އެކި އެކި ވާހަކައިގެ ހަގީގަތް "ރައިޓު ޓު އިންފޯމޭޝަން"ގެ ތެރެއިން ނޫން ގޮތަށް ނުލިބޭ ނުލިބުމުގެ ތެރެއިން ކަމަށެވެ. ފިއްޓޭ ވިދާޅުވީ ހުކުރު ޚުތުބާ ފިޔަވާ އެހެން ކޮންމެ ލިޔުމެއް ހޯދަން ޖެހެނީ އާރުޓީއައި ލައިގެން ކަމަށެވެ.

ކޮންމެ ވާހަކަފުޅާ ލައިގެން އެބަޖެހޭ އާރުޓިއައި ލާން. އާރުޓިއައި ނުލާ މިހާރު މިރާއްޖޭގަ ހުކުރު ޚުޠުބާ އެކަނި ކަން ނޭނގެ ލިބެނީ. އެއީ ދެން ސަރުކާރުގަ ކޮރަޕްޝަން އޮތް މިންވަރު އެންމެ ރަގަޅަށް އެނގޭނެ އެއްޗަކީ

ފިއްޓޭ

ފިއްޓޭ މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރަކީ އެންމެ ގިނައިން މައުލޫމާތު ހާމަކުރި ސަރުކާރު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން އައްޔަންކޮށްފައި ހުރި އިސް ތަރުޖަމާނުގެ ކިބައިން ލިބެންވާ މައުލޫމާތު ނުލިބި ނުސްވެރިންނަށް ގިނަ ފަަހަރު އޮންނަނީ އާރުޓީއައި ލައިގެން މައުލޫމާތު ހޯދަން މަޖްބޫރުވެފައިކަން ފާހަގަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved