April 22, 2026
Advertisement
ތަރުޖަމާނު ހީނާ ވަލީދު
ތަރުޖަމާނު ހީނާ ވަލީދު / ރައީސް އޮފިސް

ދުބާއީ ތައިލޭންޑް އިން ހޯދަދޭން ބުނި އާސަންދަވެސް އިބިލީހުގެ ކައިވެންޏަށް

Aminath Zara
އައިމިނަތު ޒާރާ
Nov 21, 2024, 09:12 PM
މާލެ ސިޓީ

އިންޑިއާގެ އިތުރުން ރާއްޖެއިން ބޭރުގެ އިތުރު ގައުމުތަކުން ދިވެހިންނަށް އާސަންދަ ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަންވެސް ވެގެން މިދިޔައީ އިބިލީހުގެ ކައިވެންޏަށް ކަަމަށް ބުނެ ދިވެހި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

Advertisement

ތައިލެންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އާސަންދަ ލިބޭނޭ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނޭކަމަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިގޮތުން، ފްލެޓް ލިބޭ މީހުންގެ ލިސްޓް ޢާއްމުކުރުން އިބިލީހުގެ ކައިވެންޏަށް ވެފައިވާކަމަށް ބުނެ މިދިޔަ ހަފްތާ ތެރޭގައި ރައްޔިތުން އިހުތިޖާޖު ކޮށްފައިވާއިރު ހީނާ މިފަދައިން ވިދާޅުވުމުން މިކަންވެސް ދާނީ ފްލެޓް ލިސްޓް އަށް ވީގޮތަށްކަމަށް މި ފަރާތްތަކުން ބުނެފައިވެއެވެ.

ކަަން މިހެން ހުރި އިރު، ސަރުކާރުން އަންނަނީ 65 އަހަރު ވުމުން ދެމުން އައި އެލަވެންސްއަށްވެސް ބޮޑެތި ރިފޯމްތައް ގެންނަވާ މިހާރު ލިބެމުން އަންނަ 5000 ރުފިޔާ މަދުކުރުމުގެ އުސޫލެއް ހެދުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެހެންކަމުން، ދިވެހި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ކަންތައްތައް ސަރުކާރުން ބޮޑެތި ބަދަލުތައް ގެންނަވާ އަންނަނީ ރައްޔިތުން އަދިވެސް މޮޔަ ހެއްދުމަށް މަސައްކަތް ކުރައްވަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved