ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމިއޮތުމާ ދޭތެރޭ މިހާރު ޝައްކު އުފެދޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އެސްއެސްޓީވީގައި ފައްޔާޒު ވަނީ ސަރުކާރުގެ ވައުދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިގޮތުން، ސަރުކާރަށް އެއް އަހަރުވީއިރު އުމްރާނީ ގޮތުން އެއްވެސް ކަމެއް ނުކުރެއޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށާއި ކުރެވުނީ ވަރަށް ކުޑަ ޕަސެންޓެއްގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް ރައީސް މުއިއްޒަށް ވާހަކަފުޅުދައްކަވަން ޕޯޑިއަމެއް ލިބިވަޑައިގެންފި ނަމަ އިތުރު ވައުދުފުޅުތައް ވެވަޑައިގަންނަވަމުންދާ ކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އެމަނިކުފާނުގެ ވައުދުތައް ފުއްދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމުގައި ހަމައެކަނި އޮތީ ސިޔާސީ މީހުންނަށް މުސާރަ ދިނުމާއި ސިވިސް ސާވިސް މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ހޯދުން ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ، ސަރުކާރުން ޓެކްސްތައް ބޮޑުކުރާއިރު، ހަރަދު ކުޑަކުރަން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.
ސިޔާސީ މީހުން މަދުކުރާނެ ވާހަކަ އަނެއްކާ ވެސް ރައްޔިތުންނަށް އޮޅުވާލުވަށްޓަކައި 200 ކޮންމެވެސް އަދަދެއްގެ މީހުން ތިމަންނަ ވަކިކުރަން އެންގީމޭ ކިޔާފަ ވަތްކެއް ނުކުރައްވާ އިނގޭތޯ. ވަކި ކުރެއްވިކަމަށް ވަންޏާ އަޅުގަނޑު ޗެލެންޖުކޮށްފައި މި ދަންނަވަނީ ލިސްޓެއް ހާމަކޮށްދެއްވާށޭ ކަނޑާލި މީހުން އެސްއޯއީއެއް ނުވަތަ އެހެން ވުޒާރާއަކަށް ނަމަވެސް،
މި ސަރުކާރުގެ އެއް އަހަރު ދުވަހު ރައްޔިތުން މާޔޫސް ކުރުވައިފި އެވެ. އިދިކޮޅު މެންބަރުން އެކަންޏެއް ނޫނެވެ. ހުދު ރައީސް މުއިއްޒު އަށް ވޯޓު ދިން ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ވެސް މިހާރު ތިބީ މޮޔަ ހީވެފަ އެވެ.