March 20, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ރައްޔިތުންގެ މަޖިލިސް

ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރުން އަވަސް ކުރަން ހުށަހަހެޅި ގަރާރު ޕީއެންސީގެ މަޖިލީހުން ބޭރުކޮށްލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 20, 2024, 08:50 PM
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރުން އަވަސް ކުރަން ގޮވާލައި ހުށަހެޅި ގަރާރު ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

Advertisement

އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން މަޖިލީހުގެ 63 މެންބަރުން ވޯޓު ދެއްވިއެވެ.

ސަހްޔޫނީންގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގަރާރާ ދެކޮޅުކަން އެ ގަރާރަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ވިދާޅުވިއެވެ.

އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ވެދާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ވަށައިގެން ތިބި ގައުމުތަކުން ނުކުރާ ކަމެއް ރާއްޖެއިން ކުރާއިރު ވިސްނަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved