March 19, 2026
Advertisement
(އޭސީސީ)ގެ ރެކްރިއޭޝަން ކްލަބްގެ ރައީސް ހަސަން
(އޭސީސީ)ގެ ރެކްރިއޭޝަން ކްލަބްގެ ރައީސް ހަސަން / އޭސީސީ

އޭސީސީގައި ވެސް ހިޔާނާތްތެރިން އުފެދި، އިސް ވެރިޔަކު ސަސްޕެންޑް!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 21, 2024, 05:21 PM
މާލެ ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންގެ ކްލަބް، އޭސީސީ ރެކްރިއޭޝަން ކްލަބުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި އެ ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މަނިކު ސަސްޕެންޑްކޮށްފިއެވެ.

Advertisement

އޭސީސީން ބުނީ އެ ކޮމިޝަނުގެ ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީން މި ދައުރުގެ މާލީ ހިސާބުތަކާ ގުޅިގެން މިހާރު ތައްޔާރު ކުރަމުންދާ އޮޑިޓާގުޅިގެން، މި މަހުގެ 12ގައި ކްލަބުގެ ރައީސާ ގުޅުންހުރި ކަންތައްތަކެއް ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ ކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅައި، މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން ބުނީ، އެ މުވައްޒަފަކީ އެއްވެސް އިރެއްގައި ތަހުގީގުތަކާ ގުޅުންހުރި މަސައްކަތްކޮށްފައިވާ ފަރާތެއް ނޫން ކަމަށާއި، އެ ކޮމިޝަނުގައި އޭނާ މިހާރު އަދާކުރާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ކްލަބުގެ އާންމު މެންބަރުންނަށް ހިންގާ ކޮމިޓީގެ ފަރާތުން މައުލޫމާތުދީ، ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ ވަނީ ގެނެސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved