ވިއްސާރަ ދުވަހެއްގައި، އައްޑޫ ލިންކް ރޯޑް / އައްޑޫ ލައިވް
ހަބަރު
ހަފްތާ ބަންދުގައި މޫސުން ގޯސް، ސަމާލުވޭ!
Ali Haaji
އަލީ ހާޖީ
21 ނޮވެމްބަރު 2024
މާލެ ސިޓީ

ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރެ ވެހޭނެ ކަމަށާއި، ހޮނިހިރު ދުވަހު މި ސަރަހައްދަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

މެދު ރާއްޖެ ތެރެއަށް ހަފްތާ ބަންދުގައި ވިއްސާރަ ވެހޭނެކަމަށް ލަފާކޮށްފައިވާއިރު ހުކުރު ދުވަހު ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރެ ވެހޭނެ ކަމަށާއި، ހޮނިހިރު ދުވަހު މި ސަރަހައްދަށް ކެރީގެ އަސަރުކުރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މިއީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއްކަމަށް އެ އިދާރާއިން ބުނެއެވެ.

މި ވިއްސާރައިގައި، ރާއްޖެ ސަރަހައްދަށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved