March 20, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ތަންތަނުގެ ދޮރުވާނުންނަށާ ވެއިޓަރުންނަށް ތިބި މީހުން މަޖިލީހުގައި ތިބުމުން ދެން ވާނެ ގޮތް މިހާރު އެ ފެންނަނީ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Nov 22, 2024, 06:40 PM
މާލެ ސިޓީ

ތަންތަނުގެ ދޮރުވާނުންނަށާ ވެއިޓަރުންނަށް ތިބި މީހުން ރައްޔިތުންގެ މަޖިލީހުގައި ތިބުމުން ދެން ވާނެ ގޮތް މިހާރު ފެންނަން ފަށައިފި ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ގާނޫނު އަސާސީއަށް އެންމެ ހަތް ގަޑިއިރުގެ ތެރޭގައި ބަދަލުގެނެސް އެ އިސްލާހު ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވި ގޮތުގައި، ރައްޔިތުން މަޖިލިހަށް ކުރިމަތިލާ މީހުންގެ ތަޢުލީމީ ފެންވަރު ކަނޑަނޭޅި އޮތުމުގެ ގެއްލުން ބުދަ ދުވަހު މަޖިލީހުގެ ތެރެއިން ހިނގާ ދިޔަ ކަންކަމުން ހާމަވާ ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވި ގޮތުގައި މިވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ ލިލީ ގުދަނުގެ ދޮރުވާނަކާ ވީބީ ގުދަނުގެ ހުރި ބޭފުފުޅަކާ، ޅޮހިފުށި ބާރގެ ވެއިޓަރުކަން ކުރި ބޭފުޅުން ކަމަށާ އެހެން ކަމުން އެފަދަ ތައުލީމީ ގޮތުން ދަށް ބަޔަކު މަޖިލިހަށް އައްޔަންކުރުމުން ދެން ޤައުމަށް ވާނެ ގޮތް މިފެންނަނީ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު އިސްލާހު ހުށަހަޅައި އަދި ބުދަ ދުވަހު ފާސްކޮށް ތަސްދީގުކުރި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ އެއްވެސް ހާމަކަމެއް ނެތި އަވަސް އަރުވާލައިގެން އަދި ގާނޫނު ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ބެލުމެއް ނެތި ފާސްކުރި ބިލެއް ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދެއެވެ. އޭގެ ތެރޭގައި ގާނޫނީ ގޮތުން ފުންނާބު އުސް ބޭފުޅުން ވެސް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved