April 24, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

މުއިއްޒު ހީކުރަނީ ވެރިކަމަކީ އުމުރަށް އޮންނާނެ ވާރުތަ މުދަލެއް ކަމަށް: މަލީހް

Aminath Zara
އައިމިނަތު ޒާރާ
Nov 23, 2024, 03:56 PM
މާލެ ސިޓީ

ވެރިކަމަކީ ކޮންމެ 5 އަހަރަކު ބަދަލުވާގޮތަށް އޮންނަ އުސޫލަކަށް ވާއިރު، ވެރިކަމުގެ ތަޚުތުގައި 05 އަހަރަށްފަހު ދެވަނަ ދައުރަކަށްވެސް ބެހެއްޓުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައިވާއިރު މުއިއްޒު ވެރިކަން ކުރައްވަނީ ވެރިކަމަކީ އުމުރު ދުވަހަށް ލިބިފައިވާ ވާރުތަ މުދަލެއް ކަމަށް ދެކިގެން ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ބޮޑާކަމާއި ކިބުރުވެރިކަމާއި އެކުގައި ކަމަށެވެ. ވެރިކަން ލިބުމުން އެ ވެރިކަމަށް ގެނައުމަށް މަސައްކަތް ކޮށްދެއްވި ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިފި ކަމަށާއި ދިވެހި ރައްޔިތުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ނިކަމެތިވަމުންކަމަށެވެ.

މީގެ އިތުރުން، ވެރިކަމުގެ ދެވަނަ އަހަރު ގުނަމުންދާއިރު މުސްތަގުބަލުގައި ދިވެހި ގައުމަށް ފައިދާކުރުވަނިވި ސިޔާސަތުތަކަށްވުރެ މުއިއްޒު އިސްކަންދެއްވަނީ ބާރުތައް މުށުތެރެއަށް ލައި ހުރިހާ ބާރެއް ކޮންޓްރޯލް ކުރުމަށް ކަމުގައެވެ.

ގާނޫނޫ އަސާސީއަށް ނިމިދިޔަ ހަފްތާ ތެރޭގައި ގެނައި ބޮޑު ބަދަލާއި އެކު ގިނަ ރައްޔިތުން އަންނަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މުއިއްޒު ދިވެހި ގައުމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އަމިއްލަ މަންފާއަށް ވުރެ ގައުމުގެ މަންފާ އިސްވާން ޖެހޭނެ ކަމަށް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved