April 22, 2026
Advertisement
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް / އެމްޑީޕީ

ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 24, 2024, 01:00 AM
މާލެ ސިޓީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާދަކުރައްވާނެ ކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

Advertisement

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ފައްޔާޒު މިއަދު ވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. އެ ކަމުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ފައްޔާޒުގެ އިތުރުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް އިވެ އެވެ.

2028 ވަނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް އަބްދުﷲ ޔާމީނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved