April 23, 2026
Advertisement
މީހުން ގެއަށް ވައްދައި ފޭރޭ މައްސަލާގައި ހިމެނޭ ތިން މީހުން: އެ މީހުން ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި
މީހުން ގެއަށް ވައްދައި ފޭރޭ މައްސަލާގައި ހިމެނޭ ތިން މީހުން: އެ މީހުން ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި / ޕޮލިސް

ފިރިހެނަކު ގެއަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި ތިން މީހަކު އެއް އަހަރާއި ތިން މަހަށް ޖަލަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 24, 2024, 12:25 PM
މާލެ ސިޓީ

މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް ބިރު ދައްކައިގެން އެ މީހާ އަތުން ފޭރުނު ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

Advertisement

މިދިޔަ ޖުލައި މަހުގެ ތެރޭގައު މއ. މަސްފަން ގެއަށް މީހަކު ވައްދައިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ފޭރުނު މައްސަލާގައި ދައުވާ ކޮށްފައިވަނީ މއ. މަސްފަން، އާއިޝަތު އާއި އެގޭ މުހައްމަދު ރީހާން އަދި ސ. ހިތަދޫ ސޯމާ، ޝަފީގު އިބްރާހީމްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އެވެ. އެ ތިން މީހުން ވަނީ ކޯޓުގައި ކުށަށް އެއްބަސްވެފަ އެވެ.

ފޭރުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ތިން މީހުންގެ މައްޗަށް އިއްވި ހުކުމުގައިވަނީ އެ ތިން މީހުން ޖުމްލަ އެއް އަހަރާއި ތިން މަސް ދުވަހަށް ޖަލަށްލުމަށެވެ.

އޮޅުވާލައިގެން މީހުން ގެންގޮސް، ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ ކުށް ކުރަނީ ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved