April 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކަނޑުހުޅުދޫގައި ނުރައްކާތެރި މާރާމާރީއެއް ރޭ ހިނގައިފި

Aminath Zara
އައިމިނަތު ޒާރާ
Nov 24, 2024, 09:22 PM
މާލެ ސިޓީ

ގއ. ކަނޑުހުޅުދޫގައި ރޭ ނުރައްކާތެރި މާރާމާރީއެއް ހިންގައި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ފުލުހުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ރޭ ކަނޑުހުޅުދޫގައި ދެމީހެއްގެ މެދުގައި މާރާމާރީ ހިނގި މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ ދެ މީހުންނަށް ކަމަށާއި، މި ދެމީހުންނަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެއީ އުމުރުން 37 އަހަރުގެ މީހަކާއި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގާދިޔަ މާރާމާރީއެއް ކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ.

މި މާރާމާރީގައި އެކަކުގެ ކޮނޑު ކަށިގަނޑާއި ހަމައިން އިންޗެއް ކަފައިގެންގޮސް، އަތުގެ މުލައްދަނޑިން ވެސް އިންޗެއް ކަފައިގެން ގޮސްފައިވާ ކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ.

އަދި އެ މިހާގެ ލޭ މަނާނުވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ދެން ޒަހަމްވި މީހާ ބޮލުގެ ފުއްކިބައިން ދޮޅު އިންޗި ކަފައިގެންގޮސް، އޭނާގެ ކޮނޑު ހުޅަށް އަނިޔާވެފައިވީ ނަމަވެސް މިހާރު އެ މީހާގެ ހާލަތު ސްޓޭބަލްވަމުން އަންނަ ކަމަށްވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved