April 15, 2026
Advertisement
ޓްރިވެންޑްރަމުގައި ކުރިން ހުންނެވި ރާއްޖޭގެ ކޮންސިއުލް އަލީ އާދަމް
ޓްރިވެންޑްރަމުގައި ކުރިން ހުންނެވި ރާއްޖޭގެ ކޮންސިއުލް އަލީ އާދަމް / އިމޭޖަސް.އެމްވީ

ކޮންމެ ދޯންޏެއްގައި ހަތިޔާރާ އެކީ މިލިޓަރީ ސިފައިން ބައިތިއްބަން ޖެހޭ ހާލަތަށް ގޮއްސި: އަލީ އާދަމް

Mariyam Isaadha
މަރިޔަމް އިސާދާ
Feb 4, 2024, 10:50 PM
މާލެ ސިޓީ

ރާއްޖޭގެ ކޮންމެ މަސް ދޯންޏެއްގައި ހަތިޔާރާއި އެކީ މިލިޓަރީ ސިފައިން ބައިތިއްބަން ޖެހޭ ހާލަތަށް ކަންކަން ގޮއްސި ކަމަށް އިންޑިއާގެ ޓްރިވަންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ކުރިގެ ކޮންސިއުލް އަލީ އާދަމް ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

ދާދި ފަހުން އިންޑިއާގެ ކޯސްޓްގާޑް އުޅަނދުތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވެދެ، ދިވެހި މަސްދޯނިތަކަށް އެރި މައްސަލައިގެ ތަފްސީލު ހޯދުމަށް ދިވެހި ސަރުކާރުން އެދުނުތާ ތިން ދުވަސްވީއިރު ވެސް އިންޑިއާ ސަރުކާރުން އެކަމަށް ޖަވާބުދާރީވެފައި ނުވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައި އަލީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކޮންމެ މަސްދޯންޏަކަށް ރެސްކިއު ޑައިވަރެއް ލައްވަން ނިންމެވިހެން ކޮންމެ ދޯންޏަކަށް ހަތިޔާރާ އެކީ މިލިޓަރީ ސިފައިންގެ ބަޔަކު ބޭތިއްބުންވެސް މިހާރު މުހިއްމު ވެއްޖެ ކަމަށް ގަބޫލުކުރެވޭކަމަށެވެ.

ދިވެހި އިގްތިސޯދީ ސަރަހައްދުގައި މިނިވަންކަމާއެކީ ދިވެހި މަސްކަނޑުތަކުން މަސްބޭނުމަށާއި މިނިވަންކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކޮށް ކުރަން ޖެހޭ ކަމެއްކަމުގައި މިކަންވެސް ވާންޖެހޭނުންތޯ އައްސަވާ އަލީ އިތުރަށް އެ ޕޯސްޓުގައި ވަނީ އެންމެ ކުޑަ މިނުން ދިވެހި ޚާރިޖިއްޔާއަށް އިންޑިއާ ސަފީރު ހާޒިރު ނުކުރެވެންޏާ ދެން ރައްޔިތުންގެ މިނިވަންކަން މިދެންނެވި ގޮތައްވެސް ހިމާޔަތް ކުރަން ސަރުކާރުގެ ލާޒިމު ނުވޭތޯ ވެސް އައްސަވާފައެވެ.

މަސްވެރިނަކީ ދިވެހި އިގްތިސޯދުގެ ލޭނާރު ކަމަށްވާއިރު މަސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ދިވެހި މަސްކަނޑުތައް ކަނޑުގެ ބާޒުތަކުގެ ކިބައިން ހިމާޔަތް ކުރުމަށް އަލީ ވަނީ ގޮވާލައްވާފައެވެ.

އަލީ މިފަދަ މޭރުމަކުން ޕޯސްޓެއް ކުރައްވާފައިވާއިރު އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ނުކުރެވޭ ކޮންމެ ވެރިކަމެއް ދިވެހިރާއްޖެއަށް ދަތި ކުރުމަކީ އިންޑިއާއިން ގެންގުޅޭ އުކުޅެކެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އެޅިހާ ބަތަކަށް ރިހަ ނޭޅުމުން އެ ގައުމުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންނަށް ވިސާގެ ދަތިކަން ކުރިމަތިކުރިވިއެވެ. އަލީ އާދަމްއަކީ އޭރު އިންޑިއާގެ ޓްރިވެންޑްރަމުގައި ދިވެހި ސަރުކާރުގެ ފަރާތުން ހުރި ބެލެނިވެރި ފަރާތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved