February 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތަށް އިހުމާލުވެ ގޮސް ހިފީ ރައްޔިތުންގެ ކަރުގައި: އިބުރާ

Aminath Zara
އައިމިނަތު ޒާރާ
Nov 25, 2024, 06:34 PM
މާލެ ސިޓީ

ރައްޔިތުން މެންބަރުންނަށް ހަވާލުކުރި މަސްއޫލިއްޔަތަށް އިހުމާލުވެފައިވާ ކަމަށާއި އެ މެންބަރުން އެންމެ ފަހުން ހިފީ ރައްޔިތުންގެ ކަރުގައި ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އައު ޤާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

Advertisement

މީޑިޔާތަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި ދިރާސާތަކުން ތައްޔާރުކޮށްފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ.

މިއީ ވަރަށް ގިނަ ދުވަހުގެ ދިރާސާތަކާއި މަސައްކަތުން ކުރެވުނު ކަމެއް. އެތައް ރަށަކަށް ދަތުރުކޮށް އެތައް ބަޔަކާއި ވާހަކަދައްކާ އެތަނުން ފުރޭނިގެން އުފެދުނު އެއްޗެއް.

އިބްރާ

އެހެންކަމުން މިފަދަ ބުރަ މަސައްކަތުގެ އަގު ވަޒަން ނުކޮށް އަމިއްލަ މަންފާއަށް މި ސަރުކާރުން ގާނޫނު އަސާސީ ބަދަލުކުރުމުން އިބްރާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ދިވެހިންގެ ވިސްނުން އަދިވެސް ހުރީ ގަބީލާ ވިސްނުން ކަމަށާއި ރައްޔިތުންގެ ބާރު ނުވަތަ ޒިންމާ ރައްޔިތުންނަށް އިގެން ޖެހޭ ކަމަށް އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ގޯހެއް ހެދުމުން އެކަމުގެ “އަދަބު” ރައްޔިތުން ދޭން ޖެހޭނީ ދެން އަންނަ އިންތިޚާބަކުން ކަމަށް އިބްރާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު
ކޮމެންޓްތައު
އިބުރާހިމްޒާހިރު
Nov 25, 2024, 10:58 PM
ރައިސްޖުމުހޫރިއްޔާމުހައްމަދުމުއިޒުއަކީވަރައްދޮގުބުނާމީހެެއްއެމަނިކުފާނުދޮގެއްއޮއްވާކާތެދެއްނަހަދާނެމުޅިއް...ވެސްހަދާާނިދޮގާމަކަރުދެއްވެސްދޮގުބަސްވިދާޅުނުވެ......މިހާރުއްމިހާރައްއިސްތިޢުފާދެއްވާ..މަކަރުވެރިރައިސް
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved