މުއިއްޒުގެ ސަރުކާރު ތެރެއިން ފަލީހަތްވަމުން ދާ ކޮރަޕްޝަނާއި ބިރުދެއްކުމުގެ ސަގާފަތް! / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒުގެ ސަރުކާރު ތެރެއިން ފަލީހަތްވަމުން ދާ ކޮރަޕްޝަނާއި ބިރުދެއްކުމުގެ ސަގާފަތް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ނޮވެމްބަރު 2024
މާލެ ސިޓީ

ހަމަ ހިމޭން ކަމުގެ ބަގާވާތަކަށްފަހު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޖަހައިގަނެގެން ވެރިކަމަށް އިންތިހާބު ވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހިންގެ ރާއްޖެ" އިން އަންނަނީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުމެއް ނެތި ހިންގަމުންނެވެ. ރައީސް މުއިއްޒު ހިމެނޭހެން ބާރުގަދަ މަދު ބައެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށް، ގައުމު މިއަދު ފަނާކޮށްފިއެވެ. ރައްޔިތުން ހަނާ ކޮށްފިއެވެ.

ތެދެކެވެ. މި ގައުމުގެ އެންމެބޮޑު އަދުއްވަކަށް މިހާރު ވެފައިވަނީ ވެރިކަން ކުރާ ޕީއެންސީގެ ލީޑަރާއި ރައީސް އެވެ. އަދި ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހަކީ އެމީހުންގެ މަދަދުގާރެވެ. އަދި ހަމައެހެންމެ ޕީއެންސީގެ ކުދިންކޮޅު ގެންގުޅެނީ ސަރުކާރުގެ "ވައްކަން" ސިއްރު ކުރުމަށެވެ. މިއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

ކޮރަޕްޝަން އެންމެ ގިނައިން އަށަގަނެފައިވާ ކަމަށް އާއްމުން ދެކެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ތެރޭގައެވެ. ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންނަށް ލިބޭ މުސާރައާ ނުބައްދަލު މިންވަރަކަށް އެ މެންބަރެއްގެ ޖީބަށް "މުލިއާގެއިން" ސިޓީ އުރައިގައި ހަރަދު ކުރަންޖެހޭ ސަގާފަތެއް މިހާރު ވަނީ އަށަގެންފައެވެ. އޭގެ ނަތީޖާ އަކީ ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލެއް ނުވަތަ އިސްލާހެއް ފާސްވުމަށް ނަގަނީ ކުޑަ ހިދުކޮޅެކެވެ. އެގޮތުން ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަކީ ރައީސް މުއިއްޒު ކޮންޓްރޯލް ކުރައްވާ 20 ވަނަ މަޖިލީހަށް ވަރަށް އާދައިގެ ކަމަކަށް ވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތަކުން މިއަދު ފެންނަނީ ގައުމާއި ރައްޔިތުންގެ ލާބަޔަށް އަޑު އުފުއްލަވާ ކޮންމެ މީހަކަށް ތަހަންމަލް ކުރަންޖެހިފައި ވާ ބޮޑުމުސީބާތަކަށެވެ. ރައްޔިތުންގެ މަޝްވަރާއެއް ނެތި ގައުމީ ބޮޑެތި ކަންކަމުގައި އެވެރިން ރައީސް މުއިޒުގެ އޯޑަރަށް އެ ދެއްވާ ވޯޓުގެ ނަތީޖާއަކީ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަމުގެ ބޭނުމުގައި މުއިއްޒު ސަރުކާރު ތެރެއިން ފަލީހަތްވަމުން ދާ ކޮރަޕްޝަނުގެ އަދިރި އަމަލުތަކެވެ.

މީގެ އިތުރުން މީޑިއާގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އެޅުމަކީ ޑރ. މުއިއްޒު ސަރުކާރު ތެރެއިން ފަލީހަތްވަމުން ދާ ކޮރަޕްޝަން އަނެއް ސިފައެވެ. ހާއްސަކޮށް ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ގާނޫނު އުފަންކޮށް، ފާސްކުރަން އުޅުނު ބިލަކީ މުއިއްޒުގެ ކޮރަޕްޝަނުގެ އަމަލުތަކުގެ އަޑު ކަނޑުވާލަން ޖެހި ސަކަރާތެވެ.

ރައީސް ޑރ. މުއިއްޒުއެވެ. މަނިކުފާނުގެ ސިޔާސީ "ބޮޓުން" ބޭނުން ކުރައްވައިގެން ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ގެއްލުވަން ތިޔަ ކުރައްވާ މަސައްކަތަކީ މަނިކުފާނުގެ ސަރުކާރުން ފަލީހަތްވަމުން ދާ ކޮރަޕްޝަންގެ އިތުރު ހެއްކެވެ. މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތައް "ރަބަސްޓޭމްޕް" އެއްގެ ގޮތުގައި މަނިކުފާނުގެ ސަރުކާރުން ބޭނުންކުރުމަކީ ކޮރަޕްޝަނަށް ހުޅުވޭ ފުރުސަތުތަކެކެވެ.

މިއީ އިއްތިފާގެއް ނޫނެވެ. މިއީ މަނިކުފާނުގެ އަދިރި ދައުލަތުން ވައްކަން ފޮރުންވަން އިންތިޒާމް ކުރެވިގެން ހިންގާ ކޮރަޕްޝަނެވެ. ރައީސް ޔާމީން ވިދާޅުވާ ފަދައިން ކޮރަޕްޝަންގެ މައްސަލަތައް ބަލަން އައި މި ސަރުކާރުގެ ނަޒާހަތްތެރި ކަމުގެ މިންގަނޑު ހުރީ ސުމެއްގައި އެވެ.

މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތައް އުފައްދާފައިވަނީ ގާނޫނުއަސާސީން ބާރު ލިބިދީގެންނެވެ. އެއިން ކޮންމެ މުއައްސަސާއަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު އެކަމަށް ހުރަސް އަޅުއްވާ މަނިކުފާނު ވި ހުވަޔާއި ހިލާފަށް ތިޔަ ހިންގަވަނީ ގާނޫނުގެ ވެރިކަމެއް ހެއްޔެވެ.؟

ނޫނެކެވެ. މަނިކުފާނުގެ ވެރިކަމުގެ އެއް އަހަރުގައި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމާއިއެކު ކޮރަޕްޝަން އިންތިހާ ދަރަޖަ އަށް މައްޗަށް ގޮސްފައިވުމުން މަނިކުފާނުގެ ވެރިކަމަކީ މިއަދު ސިޔާސީ ބޭފުޅުން ވިދާޅުވާ ފަދައިން "ބަލާވެރި" ކަމެކެވެ. ތިޔަކުރައްވަނީ ގާނޫނުގެ ވެރިކަމެއް ނޫނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved