އަބަދު ވެރިކަމުގައި ތިބެވޭނެ ކަމަށް ގާނޫނުތަކާ ކުޅެ އިސްލާހުތައް ގެެނެސް މިވަގުތަށް ގަޔަށް ހެޔޮވަަރު ނުކުރުމަށް ވިދާޅުވެ ރައިސް އަބްދުﷲ ޔާމީންގެ މަޖާޒީ އިލްތިމާސްއެއް ރައީސް މުހައްމަދު މުއިއްޒަށާ އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް އަމާޒުކުރައްވައިފިއެވެ.
މިފަދަ އިލްތިމާސެއް ރައީސް ޔާމީން އަމާޒުކުރެއްވީ ޕީއެންއެފްއިން ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުން ކަަމށަ ނަމަވެސް މިހާރު ފެންނަމުން ދަނި ވަކި ބޭފުޅަކު ކޮންޓްރޯލު ކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން ވެރިކަން ދިފާއުކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނެސް ކޯޓުތައް ގަޔަށް ހެޔިވަރު ކުރާއިރު ވެރިން ވިސްނަން ޖެހޭ ކަމަކީ ވެރިކަމަކީ ތާއަބަދު ދެމި ތިެބވޭނެ ބާރެއް ނޫން ކަމަށް ކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ގާނޫނު އަސާސީގައި ހުރި ހުރިހާ އުސޫލުތަކެއް އަމިއްލަފުޅަށް އަމިއްލަ ގަޔަށް ހެޔޮވަރުވާ ވަރަށް ގަމިސް ފަހަަން ކޯޓު ފަހަން ނޫޅުއްވާށޭ. އަބަދު އެއް ބަޔަކު ވެރިކަމުގައި ތިބޭނެ ކަމަށް ނުވަތަ އަބަދު އެ ބޭފުޅުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ކަމަށް ހީކުރުމަކީ ހަމަ ގޯހެއް.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިމިވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައީސް މުއިއްޒު ސަރުކާރުގެ ގަހުގައި ބަނދެލައިފައިވާ ދަނޑިވަޅެއްގައެވެ.