February 22, 2026
Advertisement
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް / -

އައްޑޫ ބްރިޖް ސާވޭއަށް ސަރުކާރުން 38 މިލިއަން ރުފިޔާ ހޭދަކޮށްފި، ހެދި ސާވޭ ފެންނާކަށް ނެތް..!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 26, 2024, 04:08 PM
މާލެ ސިޓީ

ހިތަދޫ-ހުޅުމީދޫ ބްރިޖު މަޝްރޫއުގެ ސާވޭއަށް 38 މިލިއަން ރުފިޔާ ސަރުކާރުން މިހާރު ހޭދަކޮށްފައިވާ ކަމަށާއި، ނަމަވެސް ހެދި ސާވޭގެ ރިޕޯޓު ފެންނަން ނެތް ކަމަށް އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

Advertisement

ދިގު މިނުގައި 13-15 ކިލޯ މީޓަރުގެ މި ބްރިޖުގެ މަސައްކަތް "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާ ހަވާލުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދާ ވާހަކަ މިސަރުކާރުން އަބަދުވެސް ދައްކަމުންދާ ކަމަށެވެ. އެމަސައްކަތް ކުރުމަށް 38 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ހެދި ސަރވޭ ފެންނަން ނެތް ކަމަށެވެ.

އައްޑޫގައި އަޅާ ބްރިޖުގެސާވޭ އަށް 38 މިލިއަން ރުފިޔާ ކާލައިފި. ސާވޭ ކިޔައިގެން. ހެދި ސާވޭ ފެންނާކަށް ނެތް. ކައުންސިލަށް ގޮސްފައި އެބައަހާ މި ބުނާ ސާވޭ ރިޕޯޓުން އެބައަހާ ދެކަނޑު އޮޅި އެބައިދޭ. ކޮންތަނަކުންތޯ ފަށާނީ. ކިހައި ވަރަކަށްތޯ މަތިން ދާނީ. އަޑިންދާނީ ކޮން ސައިޒެއްގެ ބޯޓުތަކެއްތޯ

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު ނާޒިލް

ނާޒިލް މިހެން ވިދާޅުވިއިރު އައްޑޫ ބްރިޖް މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ނިންމާލައިފަ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް އެ ވިދާޅުވާ ފަދައިން މަސައްކަތް ނިމިފައިވާ ސާވޭ ގާމަކުރަން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުން ނެވެ.

އައްޑޫ ބްރިޖް މަޝްރޫއުއާއި ގުޅޭ ގޮތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެންމެ ފަހުން މަޖިލީހުގައި ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެކަމަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވާލުމުގެ މަސައްކަތަށް ތައްޔާރުވެފައިވާއިރު ރައީސް އަބްދުﷲ ޔާމީން ވަނީ އައްޑޫގައި ބްރިޖެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަމަ އެ ވައުދު ހަގީގަތަކަށް ހަދައިދެއްވާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved