February 22, 2026
Advertisement
ގޮނޑި ގެއްލޭ އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި
ގޮނޑި ގެއްލޭ އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި / ފޭސްބުކް

ގޮނޑި ގެއްލޭ އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 27, 2024, 06:24 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

Advertisement

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލީ ހުސައިން އެވެ.

މިމައްސަލަ އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް ވަނީ ތަދައްޚުލްވުމަށް ހުށަހަޅާފަ އެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލާމެދު ގާނޫނީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެންމެ ދެތިން ގަޑިއިރު ތެރޭގައި ގާނޫނުއަސާސީ ބަަދަލުކުރީ 78 މެންބަރުންގެ ތާއިދާއެކު އެވެ.

އަލީ ހުސައިން ވިދާޅުވީ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved