ރައީސް މުހައްމަދު މުއިއްޒުއަކީ ސިޔާސީ ގޮތުން އުނބަށްޖަހާ ބޯއީއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ދިވެހި ބޭންކުތަކުން ޑޮލަރު މާރުކުރަން މަޖްބޫރުކޮށް ހެދި ގަވާއިދަށް ބަދަލުތައް ގެންނަން ސަރުކާރުން ވިސްނާ ޚިޔާލު ހޯދުމަށް މަސައްކަތްކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައިވަނިކޮށް ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒުގެ ކިބައިގައި އެއްވެސް ވަރެއްގެ ލީޑަރޝިޕްގެ ކޮލޮޓީއެއް ނެތްކަން ތަކުރާރުކޮށް ސާބިތު ކޮށްދެމުން ދާ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުން ޑރ މުއިއްޒަށް ކައްޒާބޭ، މުނާފިގޭ ޖޯކަރެކޭ ، ކްލައުން އެކޭ ފަދަ ނަންނަމުން މުޚާތަބުކުރަނީ މިފަދަ ކަންކަން ރައީސް މުއިއްޒު ކުރައްވާތީ ކަމަށާ އެމަނިކުފާނު ގަދަބަސް ބުނާ ކޮންމެ ފަހަރަކު ކުޑަކަކޫ މަައްޗަށް ތިރިވެ ސައިޒްވާ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
ހަމަ އެހެންމެ ފެހި ސްގްނަލާ ވިދޅާުވެ ވެސް ރައީސް މުއިއްޒު އިގްތިސާދާއި ބެހޭގޮތުން ދެއްކެވީ ތަންދޮރު ނޭގޭ ވާހަކަ ކަމަށާ ކަނޑު އަޑީ ޓަނަލޭ ވިދާޅުވެވެސް ދެއްކެވީ މިހާ ތަނަށް ވެރިޔަކު ދެއްކެވި އެންމެ ޖޯކް ވާހަކަ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
އެއްވެސް ވަރެއްގެ ލީޑަރޝިޕްގެ ކޮލޮޓީއެއް ނެތްކަން @MMuizzu ތަކުރާރުކޮށް ސާބިތު ކޮށްދެނީ. އެހެންވީމަ ކައްޒާބޭ، މުނާފިގޭ ޖޯކަރެކޭ ، ކްލައުން އެކޭ ކިޔަނީ:
— Mohamed Jameel Ahmed (@MJameelAhmed) November 27, 2024
1. ގަދަބަސް ބުނާ ކޮންމެ ފަހަރަކު ކުޑަކަކޫ މަައްޗަށް ތިރިވެ ސައިޒްވޭ.
2. ފެހިސިގްނަލޭ، ޓެކްސޭ ކިޔާފައި އިގްތިސާދާއި ބެހޭގޮތުން… pic.twitter.com/NBBKUNCYNY
ރައީސް މުއިއްޒު މިވަގުތުވެސް ރާއްޖެއިން ބޭރުގައި ދަތުރުފުޅެއްގަިއ ހންނެވި ހުންނެވުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ގައުމު ޙާލުގައި ޖެހިފައި އޮއްވައި މުއްސަނދި ގައުމުތަކުގެ ވެރިން ވެސް ނޫޅުއްވާ ގޮތަށް ރައީސް މުއިއްޒު ގެންދަވަނި އުޅުއްވަމުން ކަމަށާ ވިދާޅުވާ ކޮންމެ އެއްޗެއް، އުނބު ޓާން ނަގަމުން ދާ މަންޒަރު ފެންނަމުން ދާ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އަމިއްލަފުޅު ޖަޖްމަންޓް ގޯސް ވެރިޔަކު ކަމަށާ ކުރައްވަމުން ގެންދަވަނީ ހުސް ދެއުޅިއެއް ނުވާ ކަންތައްތައް ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.
މީގެ އިތުރުން ލާހޫރުވޭ ސިޔާސަތު ހިފައިގެން ރައްޔިތުން ދާނީ ފަހަތަށް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ރައީސް މުއިއްޒު، ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ހަރު އަޑުން ޑޮލަރު މާރުކުރުމުގެ ގަވާއިދާ ގުޅޭ ގޮތުން ވިދާޅުވި ގޮތް ދޫނުކުރައްވާނެކަމުގެ އިންޒާރުގެ ބަސްތައް ތަކުރާރު ކުރައްވާފައެވެ. އަދި ހަރުކަށިކަމާ އެކު ދެއްކެވި އެ ވާހަކަފުޅުތައް ޖެހުނީ ކޮންތާކުތޯ އައްސަވާ ޑރ ޖަމީލު ވިދާޅުވީ ރައީސް މުއިއްޒަކީ ސިޔާސީ ގޮތުން އުނބަށްޖަހާ ބޯއީއެއްކަމަށެވެ.
ރައީސް މުއިއްޒު ކަމުދާނީ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވާ ކަޅު، ދިގު މީހާ ގޮތުގައި އެކަނިކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ ރައީސް މުއިއްޒަކީ އުނބައްޖަހާ، މޮޔަ ވާހަކަދައްކާ ކްލައުނެއްކަން ސާބިތުވެއްޖެ ކަމަށެވެ.