ދިވެހި ގައުމު މިނިވަން އަމާން ބަނދަރަކަށް ގެންގޮސްދޭނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި، އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށިތާ އަހަރެއް ވުމާ ގުޅިގެން އެކަމުގެ ތަހުނިޔާ އެ މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކަށް އަރިސް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، އަދުގެ ސަރުކާރުން ރައްޔިތުން ހަވާލުކުރި އަމާނާތްތަކާ ޚިލާފުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ވެރިން މަސައްކުރަނީ އަމިއްލަ މަންފާއަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުން ނާއުއްމީދުވެ މާޔޫސްވެފައިވާ ތަން މިހާރު ގައުމުގެ ހުރިހާ ދިމާއަކުން ފެންނަކަމަށާ އެކަމުގެ ނިމުން ގެނެސްދެއްވާ ރައްޔިތުން
ކޮންމެވެސް އެއްބަޔަކާ ހަވާލުވެފައި އޮތް އަމާނާތެއް ގައުމުގެ ނައު މިނިވަން އަމާން ބަނދަރަކަށް ގެންދިއުމަކީ، އެކަން އެ ކުރަނީ މިއަދު ސަރުކާރަކުން ނޫން. މި ސަރުކާރުކާރަކުން ނުކުރޭ އެކަމެއް. އެކަން ކުރާނީ އިރާދަކުރެއްވިއްޔާ އަޅުގަޑުމެން.
ރައީސް ޔާމީން ވަނީ އެދުވަސް ﷲ ތައާލާ މިންވަރުކޮށްދެއްވަން ދެން އެމަނިކުފާނާ އެކު ސިޠާސި ދތަުރުގައި ތިއްބެވި ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަމާ އެކު ދެމިތުިބުމަށްވެސް އިލްތިމާސްކުރައްވާފައެވެ.