

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މެންބަރުކަމުގެ ދެ މަޤާމު ހުސްވެފައިވާތީ އެ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަން ކުރެއްވުމަށެވެ.
އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާއި އެ އޮފީހުގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
އީސީގެ މެންބަރު ކަމަށް އައްޔަންކުރެވޭނީ ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކުރުމުންނެވެ.
އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުރި ފުއާދު ތައުފީގުގެ ދައުރު ވަނީ މި މަހުގެ 23 ވަނަ ދުވަހަށް ހަމަވެފައެވެ.
މީގެ އިތުރުން އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އީސީގެ މެންބަރު މުހައްމަދު އާސިފް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު އެ ދެ މަގާމު ވެސް ދެން އީސީން ހުސްވާނެއެވެ.