February 25, 2026
Advertisement
ކޮމަންޑޫގައި މީހުން ނޫޅޭ ގެއަކަށް ފެނަކައިން އޮޅިގެން ފޮނުވި ބިލު
ކޮމަންޑޫގައި މީހުން ނޫޅޭ ގެއަކަށް ފެނަކައިން އޮޅިގެން ފޮނުވި ބިލު / ފޭސްބުކް

ފެނަކަ އިން މި ފަހަރު ފޮނުވާލީ ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް، އެވެސް އަދި ފަޅު ގެ އެއް..!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 28, 2024, 06:05 AM
މާލެ ސިޓީ

ށ. ކޮމަންޑޫ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅުމަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

Advertisement

ކޮމަންޑޫގެ ގެއަކަށް 412،000ރ. ގެ ބިލެއް ފެނަކައިން ފޮނުވާފައި ޕޯސްޓެއް ސޯޝަލް މީޑިއާގައި މިއަދު ދަނީ ދައުރުވަމުންނެވެ.

އެ ޕޯސްޓްގައިވަނީ އެ ގޭގައި މީހުން ނޫޅޭތާ މިހާރު ދެ މަސް ވެފައިވާ ކަމަށެވެ.

މި ކަމުގެ ތަފުސީލެއް ފެނަކައިން ނުދެ އެވެ. ހަމައެކަނި ވިދާޅުވީ އެއީ "އޮޅުމެއް" ކަމަށެވެ.

މީގެ ކުރިން ވެސް ފެނަކަ އިން ބޮޑު އަގުގައި ކަރަންޓް ބިލް ތައްޔާރުކޮށް ގޭބިސީތަކަށް ފޮނުވާ މައްސަލަތައް ވަނީ ފެންމަތި ވެފަ އެވެ. ކޮންމެ މަހެއް ގައި ސަރުކާރުން ކަރަންޓު ބިލު ބޮޑުކުރާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved