April 22, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން / ޓްވިޓަރ/ޕީޕީއެމް

ސަރުކާރުން ބޭކާރު ޚަރަދުތައް މަދުކޮށް ގައުމުގެ ކަރާމާތް ހިފަހައްޓަންޖެހޭ: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Nov 29, 2024, 01:35 PM
މާލެ ސިޓީ

ދިވެހި ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް މަދުކޮށް ގައުމުގެ ކަރާމާތް ހިމާޔަތް ކުރަންޖެހޭ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭންކް އޮފް ސިލޯން އިން ނަގާފައިވާ ހަތް ސަތޭކަ ފަންސާސް ހާސް މިލިއަން ޑޮލަރުގެ ލޯން އެއް ޑިފޯލްޓް ވެފައިވާ ކަމަށާއި އެއީ ސަރުކާރުން ދިން ގެރެންޓީއަކަށް ދީފައިވާ ލޯނެއް ކަމަށެވެ.

ދިވެހި ސަރުކާރުން ދިން ގެރެންޓީއަކަށް ނެގި ލޯނު ނުދައްކައިން މިހާރު އެއޮތީ ޑިފޯލްޓްގަ، ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާފަ ދިވެހިރާއްޖޭގެ ކަރާމާތް ހިމާޔަތް ކުރަން މިއަދު މިއޮތީ ޖެހިފަ

ރައީސް ޔާމީން

ސިލޯނުގެ ނޫސްތަކުގައި ރާއްޖޭގެ ސަރުކާރުން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ވާހަކަ މީޑިޔާތަކުގައި ލިޔާ ހިސާބަށް ދިޔުމަކީ ވަރަށް ލަދުވެތި ކަމެއް ކަމުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ލަންކާއަކީ ރާއްޖެއާއި އެންމެ އުޚުތްވަތްތެރި އެންމެ ގާތް އެންމެ ގައުމަށްވެފައި 15،000 ވަރުގެ އާބާދީއެއް ލަންކާގައި ދިރިއުޅެމުންދާއިރު މިފަދަ ކަންކަމަކީ އެ ފަރާތްތަކަށްވެސް ކުރިމަތިވާނެ ގޮންޖެހުންތަކެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ މި ފެއިލިއާ އަކީ އަނެއްކާވެސް އިތުރު ގައުމަކާއި ނުތަނަވަސްކަން އުފެދިގެންދާނެ ކަމަށާއި އިންޑިއާ އާއި ދިމާވި ފަދަ ޚާރިޖީ ގޮންޖެހުންތައް އަނެއްކާވެސް ތަކުރާރުވުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިއާއިއެކު، ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކުގެ ތެރޭގައި 50 ހާސް ރުފިޔާ ބެހުން ފަދަ ކަންތައް ހުއްޓާލައި ރާއްޖޭގެ ކަރާމާތް ހިމާޔަތް ކުރުން މާ މުހިންމު ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved