ވާނުވާ ބަންދުގައި މީހުންް ބޭތިއްބުމަކީ އެންމެ އެދެވޭ ގޮތްނޫން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވުމާއެކު، ސަރުކާރުން މި މަސް ތެރޭ ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހް ހުށަހަޅަން ނިންމައިފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބްގައި ކެމްޕެއިން ކުރައްވަމުން އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވާނުވާ ބަންދު ނިމުމަކަށް ގެންނަވާނެކަމަށް ފާހަގަކުރައްވާފައެވެ. އަދި ރައީސް ޔާމީން ހުންނެވީ ވާނުވާ ބަންދެއްގައިކަންވެސް އޭރުގައި ވަނީ ފާހަގަކުރައްވާފައެެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު "ވާނުވާ" ބަންދުގެ ވާހަކަތައް އެމަނިކުފާނު ދައްކަވާފައިނުވެއެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ވަނީ މިކަމަށް ހައްލެއް މި މަސް ތެރޭގައި ގެނެސްދެއްވާނެކަމަށް ބުނެފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ފެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވުނު ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ ވާނުވާ ބަންދުގެ ވާހަކަ ދައްކަވާފައެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނުގެ މައްސަލަ ވަނީ ދައްކަވާފައެވެ.
އޭގެއިތުރުންވެސް، ތ.ތިމަރަފުށީގައި ދާދިފަހުން ވަނީ ވާނުވާ ބަންދާ ގުޅިގެން ސުލްހަވެރި އިހްތިޖާޖެއް ވެސް ކޮށްފައެވެ. އަދި ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް ގޮވާާލާފައެވެ.
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާފައިވާއިރު ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.