March 20, 2026
Advertisement
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި / ޕޮލިސް

އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 1, 2024, 04:46 AM
މާލެ ސިޓީ

ހައިވޭގައި އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި އެވެ.

Advertisement

ފުލުހުން ބުނީ ހައިވޭގައި ބާރު ސްޕީޑުގައި ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައެއް އިއްޔެ މެންދުރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވި އެވެ. އެއީ ދިވެހި ފިރިހެނަކާއި އަންހެނެކެވެ. އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ. ފިރިހެން މީހާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރި ސައިކަލު އެކްސިޑެންޓްވުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި އެ ސައިކަލު ދުއްވަން އިން ބ. އޭދަފުށި ފަސްމީރު، އުމުރުން 22 އަހަރުގެ ޝުނާން މުހައްމަދު ޝާކިރު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved