ގަނޫނު އަސާސީއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަި ވަކި ބަޔަކަށް އޮންނަ ހައްގަކަށް ހަދަން ގާނޫނޫ އިސްލާހު މި ސަރުކާރުން ނުކޮށްފިނަމަ ރަގަޅު ކަމަށް ވިދާޅުވެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
މަލީހުގެ ފާޑުކިޔުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވަނީ ދާދި ފަހުން ޒުވާނަކު އެކްސްގައި ކުރި ޕޯސްޓަކަށް އަލި އަޅުވާލައްވާފައެވެ.
އެގޮތުން އެ ޒުވާނާގެ ޕޯސްޓުގައި ކައްޒާބެއް ވާހަކަ ގެެނެސްފައިވާއިރު އެކަމާ ގުޅިގެން ޒުވާނާ ފުލުހަށް ހާޒިރުކުރާއިރު ސަރުކާރުން، އެ ބުނާ ކައްޒާބަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ނިންމާ އެ އިންޒާރަކީ ރައީސް މުއިއްޒަށް ދިން އިންޒާރެއް ކަމަށް ބަލާ އެ ޒުވާނާ ފުލުހަށް ހާޒިރު ކުރާއިރު ރައީސް މުއިއްޒަކީ ކައްޒާބު ކަމަށް ސަރުކާރުން ނިންމީކަމަށް ވާނަމަ އެއީ ހެޔޮ ފާލެއް ކަމަށް މަލީހު ވިދާޅުވެފައިވެއެވެ. މަލީހު ވަނީ ޒުވާނުންނަކީ ސްކިބިޑިކޮށް ޝުއޫރު ފާޅުކުރާ ބައެއް ކަމަށް ވެސް ވިދާޅުވެފައެވެ.
މަލީހު އިތުރަށް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް މުއިއްޒު އަރިސް ކުދިންކޮޅަކަށް އެކަނި އޮންނަ ހައްގަކަށް ހަދާ ގާނޫނު އިސްލާހު ނުކޮށްފި ނަމަވާ ރަގަޅު ކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ ހައްޤަކީ ރައީސް މުއިއްޒާއި ޝިއުނާއަށް އޮތް ހައްޤެއް ކަމަށް ކަނޑައަޅާ ޤާނޫނު އަސާސީ އިސްލާހު ނުކުރާނެ ކަމުގެ ޔަޤީން ކަމެއް ނެތް. ސަރުކާރުން މުއިއްޒަކީ ކައްޒާބެއް ކަމަށް އެއްބަސްވީބާ? އެހެންވެއްޖެ ނަމަ މިއީ ހެޔޮފާލެއް. ޒުވާނުން ޝުއޫރު ފާޅު ކުރާނީ ސްކިބިޑިކޮށް.
— Mohamed Maleeh Jamal (@maleehjamal) December 1, 2024
މަލީހުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރައްވާފައިވާއިރު މި ސަރުކާރަކީ ޚިޔާލުފާޅުކުރުމުގެ މިނިވަކަމަށް އަރައި ނުގަންނާނެ ކަމުގެ ވައުދާއެކު އައި ސަރުކާރެކެވެ. އަދި މި ސަރުކާރުގެ ކުރީގެ ބައެއް ނައިބުން ވަނީ އަވައްޓެރި ބައެއް ގައުމުތަކުގެ ވެރިންނަށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުޑައިމީސްކޮށް ބަސް ރައްދުކޮށްފައެވެ.