މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ސަރުކާރުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ މަސްވެރިންގެ ނުރުހުން އަނެއްކާވެސް ސަރުކާރަށް އަމާޒުވެއްޖެއެވެ.
ނޫސްތަކުގައި އާއި މީޑިޔާތަކަށް އިންޓަވިއު ދެމުން މަސްވެރިންނަށް ނުދެވި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް މި ސަރުކާރުން ހެޑްލައިންތައް ހަދާ އަންނަނީ އާންމުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންކަމަށް މަސްވެރިން ޕޯސްޓްކޮށްފައިވާ އެކި ޕޯސްޓްތަކުން ފާހަގަކުރެވެއެވެ.
މި ގައުމުގައި ހަމައެކަނި ތިބީ މަސްވެރިން ނޫން ކަމަށާއި ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ސަރުކާރުން އޮޅުވާލާ ނިކަމެތިކޮށްފައިވާ ކަމަށް މަސްވެރިން ބުނެއެވެ. އަދި ކޮންމެ ބަޔެއްވެސް އަޑު އުފުލާނީ އެ ބަޔެއްގެ ހައްގު މިންވަރު ހޯދުމަށްކަމަށާއި އެބީދައިން މަސްވެރިންނަށް ހައްގުވާ ފައިސާ ދިނުމަށް ސަރުކާރަށް މި ފަރާތްތަކުން ގޮވާލާފައިވެ އެވެ.
މީގެ އިތުރުން ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއެއްގައި މ. އަތޮޅު ދޯންޏަކަށް 4 ލައްކަ ރުފިޔާ ދޭން ޖެހޭ ތަނަކަށް ދީފައިވަނީ އެންމެ ލައްކަ އެއް ކަމަށް އެ މަސްވެރިޔާ ބުނެފައިވެ އެވެ.
ސަރުކާރުން ހަދަމުންދަނީ ދޮގު ކަމަށާއި ބޮޑު ތަނުން ސަރުކާރު ފެއިލްވެފައިވާ ކަމަށް ދިވެހި ރައްޔިތުން އަންނަނީ ބުނަމުންނެވެ. މީގެ ތެރޭގައި މުއިއްޒަށް ވޯޓު އެޅި އެތައް ބަޔަކު ހިމެނެ އެވެ.