March 18, 2026
Advertisement
ހއ. ކެލާ -- ފޮޓޯ: ޒުވާން މަސްވެރިޔާ
ހއ. ކެލާ -- ފޮޓޯ: ޒުވާން މަސްވެރިޔާ / ފޭސްބުކް

ކެލާގައި ސިހުރު ހަދާ ކަމަށް ބުނާތީ ފުލުހުން އަރާ ބޮޑު އޮޕަރޭޝަނެެއް ޖައްސައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 2, 2024, 02:22 PM
މާލެ ސިޓީ

ތިލަންދުންމަތީ އުތުރުބުރީ ކެލައަށް ފުލުހުންގެ ޓީމެއް ގޮސް އެ ރަށުގެ ބައެއް ގޭގޭ ފާސްކޮށް ސިހުރު ހަދަން ބޭނުން ކުރާ ކަމަށް ބެލެވޭ ބައެއް އާލަތްތަކާއި މީހުން ފުލުހުންގެ ބެލުމުގެ އިއްޔެ ދަށަށް ގެނެސްފި އެވެ.

Advertisement

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ފުލުހުންނަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން ކެލާގެ ނުވަ ތަނެއް މިއަދު ބަލައި ފާސްކޮށްފައިވާކަމަށެވެ.

އަދި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ވެސް މައުލޫމާތުދިނެވެ.

ނަމަވެސް، މި ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސިހުރުގެ ބަލިމަޑުކަމަކީ މުޅި ރާއްޖޭގައި އޮތް ވަރަށް ބޮޑު ބަލިމަޑުކަމެކެވެ. ރާއްޖޭގެ ވަރަށް މަދު ރަށެއްގައި ނޫނީ ސިހުރުގެ ބިރުވެރިކަން އެބަ އޮތެވެ.

ސިހުރާ ގުޅުވައިގެން އިޖުތިމާއީ ބޮޑެތި މައްސަލަތައް ކުރިމަތިވެ އެވެ. ސިހުރު ހަދާ މީހުން ހުއްޓުވަން ކަމަށް ބުނެ ޖިނާއީ ބޮޑެތި ކުށްތަކަށް ވެސް މީހުން އަރައިގަނެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved