March 9, 2026
Advertisement
 މެންބަރު އަހުމަދު ސިޔާމް މުހައްމަދު
މެންބަރު އަހުމަދު ސިޔާމް މުހައްމަދު / ރައްޔިތުންގެ މަޖިލިސް

މާލީ ހާލަތު ރަނގަޅުކުރުމަށް އިސްރާފު މަދުކޮށް، ވައްކަން ހުއްޓާލަން ޖެހޭ: ސިޔާމް

Aminath Zara
އައިމިނަތު ޒާރާ
Dec 2, 2024, 04:38 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިމިވަނީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ގިނަވެ، ކޮރަޕްޝަން ގިނަވެ އެކަންކަން އިސްލާހުކުރާނެ ގޮތް ސަރުކާރަށް ނޭގުމުގެ ސަބަބުން ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

ސިޔާމަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް އުފެދުނު ކޯލިޝަން މެންބަރަކަށްވާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ސިޔާމް އަންނަނީ ފަހަކަށް އައިސް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރާއްޖެއަށް ދިމާވެގެން އުޅޭ އިގްތިސާދީ ހީނަރުކަމަކީ ބޭރުގެ ތަންތަނަށް ދައްކަން ޖެހޭ ލާރިތައް ނުދައްކާ އެ ފައިސާއިން ޚިޔާނާތްތެރިވެވޭތީ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އާބާދީގެ ގޮތުން އޭޝިއާ ސަރަހައްދުގައި ވެސް އޮތް އެންމެ މުއްސަނދި ގައުމަކީ ރާއްޖެ ކަމަށާއި ނަމަވެސް ސަރުކާރަށް ފައިސާ "މެނޭޖް" ކުރަމުން އެނގިވަޑައިނުގަންނަވާ ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

ފުރަތަމަ ކަމަކީ، ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރަންވެއްޖިއްޔާމުން ވައްކަންކުރުން ހުއްޓާލަންވީ،

ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާމް ވިދާޅިވީ ކޮރަޕްޝަނާއި ވައްކަން ނުހުއްޓުވޭ ނަމަ ކިތަންމެ ވަރަކަށް ޓެކްސް ނެގިޔަސް އިގުތިސާދު ރަނގަޅުނުވާނެ ކަމަށެވެ. އެ ކަންކުރެވޭނީ ވައްކަމާއި އިސްރާފު ހުއްޓާލައިގެން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތު އަވަސް މުސްތަގުބަލެއްގައި ރަނގަޅު ނުކުރެވިއްޖެނަމަ ބަންގްލަދޭޝް، ސްރީލަންކާގެ ހާލަތަށް ދިވެހިރާއްޖެ ދިޔުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved