ކެންސަރު ބައްޔަށް ފަރުވާކުރަން ދޭނެ ފައިފާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގައި ނެތް ނަމަވެސް އެ ކުންފުނީގައި ބަލި ޓީވީ ސްޓޭޝަންތަކަށް ދޭނެ ފައިސާ އެބަހުރިކަމަށް ބުނެ ސަރުކާރު ގެންނަން ނުހަނު ގިނަ މަސައްކަތްކުރި އާންމު ރައްޔިތަކު ޝުއޫރުތައް ބަންޑުން ޖަހާލައިފިއެވެ.
މި ސަރުކާރު ގެންނަންށާ އިސްލާހަށް މިދިޔަ ފަސް އަހަރު ނުހަނު ގިނަ މަސައްކަތްކޮށް ބުރަ މަސައްކަތްކުރި މައުމޫނު އަލީ (މާނު) އޭނާގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ސަރުކާރު ގެނައީ ކަންކަން ރަގަޅު ކުރަން ނަމަވެސް އެކަންކަން ސަރުކާރުގެ ކިބައިން ނުފެންނަ ކަމަށާ މި ސަރުކާރު އެމްޑީޕީ ސަރުކާރަށް ވުރެ ގޯހޭ ބުނަން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.
އަޅުގަނޑުމެން އައްވާއި ވާރޭގައި ގަނަތެޅި ވެރިކަން ބަދަލު ކުރީ މިކަންކަންއިސްލާހު ކުރާށެވެ. ކުރިން އޮތް އާދަކާދަ ދަމަހައްޓާކަށް ނޫނެވެ. އިހުނަށްވުރެ ގޯސް ކުރާކަށް ނޫނެވެ.އަޅުގަނޑު މިއީ އަދި އެންމެ އާއިލާއެކެވެ. މި ދަތިކަމާއި ކުރިމަތި ލާނެ އަދި ލަމުންދާ އެތަކެއް އާއިލާ އެެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް މިވާހަކަ ދައްކަން ނުވެސް ކެރޭނެ
މާނު މިފަދަ ގޮތަކަށް ސަރުކާރާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ އޭނާގެ މައިދަތައަކީ ކެންސަރ ޕޭޝަންޓަކަށްވެ ދެވަނަ ޓްރީޓްމަންޓަށް ފުރަން ޖެހި އެހީއަށް އެދި އެންސްޕާއަށް ފޯމު ހުށަހެޅުމުން ދިން ޖަވާބުންނެވެ.
އެގޮތުން މާނުގެ މައިދަތަގެ ފުރަތަމަ ޓްރީޓްމަންޓު ނެގީ އެމްޑީޕީ ސަރުޚާރުގައި ކަމަށްވާއިރު އެ ސަރުކާރުން މާނުގެ މައިދައިތައަށް ބަލީމީހާއަށް އެހީތެރިއާގެ ދެކޮޅު ޓިކެޓާ އެކު 1000 އެމެރިކާ ޑޮލަރު ދިންއިރު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ އާއިލާއަށް ދެވަނަ ޓްރީޓްމަންޓަށް ފުރަން ދިނީ ޖުމްލަ -/3084 ރުފިޔާ ކަމަށާ އެހެންކަމުން އަމިއްލައަށް އިތުރު -/15000 ރުފިޔާ ހޯދަން ޖެހިފައިވާ ކަމަށް މާނު ބުނެފައިވެއެވެ.
މި ސަރުކާރުގައި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ކުރަން އެދޭ މީހާއަށް ދޭނެ ފައިސާ ނެތް ނަމަވެސް އެންސްޕާގައި ނިކަން ބަލި ޓީވީ ސްޓޭޝަންތަކަށް ދޭނެ ފައިސާ ހުރިކަންވެސް މާނު ފާހަގަކޮށްފައިވެއެވެ.
އޭރު އެންސްޕާއިން އެހީތެރިޔާގެ ދެކޮޅު ޓިކެޓުގެ އިތުރުން 1000 ޑޮލަަރު ދިން. މިސަރުކާރުގައި މިހާރު މިއޮތީ ދެވަން ފަހަރަށް ދާން ޖެހިފައެވެ. މިފަހަރު މައިދައިތަ ގޮވައިގެން ބޭސް ފަރުވާއަށް ދާން އެހީއަށް އެދުމުން އެންސްޕާއިން ދޭން ނިންމީ އެންމެ 3084 ރުފިޔާ. މާނައަކީ މިފަހަރު އަމިއްލަޔަށް ކުރިއަށް ވުރެ ގިނައިން 15،000 ރުފިޔާ ހޯދަން ޖެހޭނެ. ފައިސާ ނެތިގެން އެންސްޕާއިން ކެންސަރަށް ފަރުވާ ހޯދަން ދާ މީހަކަށް އެހީ ނުވެވިގެން އުޅޭއިރު ދެން މިއިވެނީ އެންސްޕާގެ އޮފީސް ހިންގަން 30 އެތައް މިލިއަނުން ހަރަދުކޮށް އެޕާޓުމަންޓުތަކެއް ނެގި ވާހަކައެވެ. އަދި އެހިން ބައެއް ނިކަން ބަލި ޓީވީ ސްޓޭޝަނަކަށް ހަރަދު ކުރާ ވާހަކަ
މާނު ފާހަގަކުރި ގޮތުގައި އޭނާއަކީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ނިކަމެތި މީހެއް ކަމަށާ ތިން ކުދިންނާ އެކު އާއިލާއެއް ބަލަަހައްޓާއިރު، ދިރިއުޅެމުްނދާ ހިޔާ ފްލެޓުގެ ފިނިޝިންއަށް ނެގި ލޯނަށް ކަނޑާ އަތަށް ލިބޭ އާމްދަނިއިން އޮންނަނީ ގިނަ ފަހަރު ދެކޮޅު ނުޖެހިފައި ކަމަށެވެ. މި ސަރުކާރު ގެންނަން މިދުއަމް ސައުދުމެން މަލްޝާ ޝަރީފުމެން އަހުމަދު އަޒާންމެން ފަދަ މީހުންނާ އެކު ނުހަނު ގިނަ މަސައްކަތްވެސް އޭނާ ކުރި ކަމަށާ ސިޔާސީ މަގާމަކަށް ދާން ބޭނުން ނުވީ ބަދަލަކަށް ގެނައި ވެރިކަމުގައި ކަންކަން އިސްލހުވެ ސިޔާސީ މީހުންގެ ފޫބުޑުން ދުވަން ނުޖެހޭނެކަމަށް އޮތް އުއްމީދެއް ބޮޑުކަމުން ކަމަށެވެ. ނަމަވެސް އެކަންކަން ބަދަލުނުވާ ކަމަށާ ހާރުވެސް އަނެއްކާ މިޖެހެނީ ކޮންމެވެސް ސިޔާސީ މީހެއްގެ ފަހަތުން ދުވެ އާދޭސް ކުރަން ކަން އޭނާ ފާހަގަ ކުރިއެވެ.
މާނު ބުނީ އޭނާއަށް މި ވާހަކަތައް ދައްކަން ކެރުނު ނަމަވެސް މިފަދަ ވާހަކަތައް ދައްކަން ނުކެރި މިފަދަ ހިތްދަތިކަން ތަހައްމަލުކުރާ ގިނަ އާއިލާތައް ހުންނާނެ ކަމަށެވެ.
އެފަދަ މަގާމަކަށް ދާން ބޭނުން ނުވީ އަޅުގަނޑުމެން ނިކުމެ ވަރަށް މަސައްކަތުން ނެގައި ރައީސް މުއިއްޒުގެ ސަރުކާރުގައި އަސާސީ ބޭސްފަރުވާ ފަދަ ހިދުމަތް ހޯދަން ސިޔާވެރިން ފަހަތުން ދުވަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޮތީމަ. އަޅުގަނޑުމެން އައްވާއި ވާރޭގައި ގަނަތެޅި ވެރިކަން ބަދަލު ކުރީ މިކަންކަންއިސްލާހު ކުރާށެވެ. ކުރިން އޮތް އާދަކާދަ ދަމަހައްޓާކަށް ނޫނެވެ. އިހުނަށްވުރެ ގޯސް ކުރާކަށް ނޫނެވެ.އަޅުގަނޑު މިއީ އަދި އެންމެ އާއިލާއެކެވެ. މި ދަތިކަމާއި ކުރިމަތި ލާނެ އަދި ލަމުންދާ އެތަކެއް އާއިލާ އެެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް މިވާހަކަ ދައްކަން ނުވެސް ކެރޭނެ
ނުހަނު ފޮނި އުއްމީދާއެކު ގެނައި ވެރިކަމުގައި އުއްމީދުކުރިވަރުގެ ނަތީޖާ ނުފެންނާތީ ހިތުގެ ޝުއޫރުތައް ބަންޑުންކޮށްލާ މާނު ކުރި ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ އޭނާ ގެންނަން މަސައްކަތް ކުރި ދިވެހީންގެ ރާއްޖެއަކީ ސިޔާސީ މީހެއްގެ ތައްޕާހަށް ނުވެއްޓި، ގާނޫނީ ހުދޫދުގެ ތެރެއިން އަބުރުވެރިކަމާއެކު ދިރިއުޅުމުގެ މަގުފަހިވެފައިވާ ދިވެހިންގެ ރާއްޖެއެކެވެ.
މާނުގެ މި ޕޯސްޓާއެކު މީސް މީޑިޔާގައި މިކަމާ ގުޅިގެން ގިނަ ރައްޔިތުން ގެންދަނީ ކަންބޮޑުވުމާ ފާޑުކިޔުމާ ނުރުހުންވެސް ސަރުކާރަށް އަމާޒުކުރަމުންނެވެ. އެގޮތުން ބައެއް މީހުންވަނީ އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ކެންސަރ ޓްރީޓުމަންޓަކީ ކިހާވަރެއްގެ ކަމެއް އެންމެ ރަގަޅަށް އެނގެންވާއިރު ކެންސަރަށް ވުރެ މާއާދައިގެ ކަންކަމުގައި ހީނާގެ ގާތް މީހުން އެންސްޕާއާ އާސަންދަ މެދުވެރިކޮށް އެހީ ހަމަޖައްސާދީފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން ހީނާގެ އެންމެ ގާތް އެކުވެރިޔާކަމަށްވާ ޝަހުމާ ނަޖީބުގެ ބައްޕަގެ ބޭސްފަރުވާއަކި ރާއްޖެއިން ކުރެވޭ ކަމަކަށްވީ ނަމަވެސް ހީނާ މެދުވެރިކޮށް އެހީ ހަމަޖައްސައިގެން ޝަހުމާގެ ބައްޕަ ފަރުވާ ހޯދީ އިންޑިއާއިންނާ މެލޭޝިއާއިން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. އެހެންކަމުން ޚިދުމަތްދިނުމުގައި ސަރުކާރުން ގެންދަނީ ތަފާތުކުރުންތައް ގެންގުޅެމުންކަން ފާހަގަކުރެވެއެވެ.