

މަރުވެފައި އޮތް މީހަކު ހުޅުމާލެ ފަޅު ތެރެއިން ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ފެނުނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިންނެވެ.
މަރުވެފައި އޮއްވައި ފެނުނީ ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.