 
             
        
     
             
                        މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ، ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު ހަބަރުހުސްވެފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެތަނަށްގޮސް އެ މީހާ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ ނިޔާވެފައި އޮށްވާ ފެނިފައިވަނީ، މއ. ހުދު އަކިރި، 53 އަހަރުގެ، އަބްދުﷲ ހަސަން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            