March 16, 2026
Advertisement
ރައީސް އޮފީސް
ރައީސް އޮފީސް / ސޯޝަލް މީޑިއާ

ރައީސް އޮފީހުން ދެ މުވައްޒަފަކު ވަކިކޮށްފި، ތަރުޖަމާނުގެ ބަހެއް ނެތް!

Ali Haaji
އަލީ ހާޖީ
Dec 3, 2024, 07:54 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތެއް ވަންދެން މަސައްކަތްކޮށްފައިވާ ދެ މުވައްޒަފަކު ވަަޒީފާއިން ވަކިކޮށްފިއެވެ.

Advertisement

ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެ މުވައްޒަފުން މަގާމުން ވަކިކުރީ، އިސްތިއުފާ ދިނުމަށް އަންގައި އެކަން ކޮށްފިނަމަ ސަރުކާރުގެ ކުންފުންޏަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރަކު ބުނި ބުނުމަށް އިޖާބަ ނުދިނުމުންނެވެ.

ޚަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ބުނެ ދެ މުވައްޒަފުންނަށް ވަޒީފާއިން ވަކިވާން އެނގި ނަމަވެސް އެ ދުމުވައްޒަފުން ވަނީ އެކަމާ ދެކޮޅު ހަދާފައި ކަމަށާ އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ ބާރުން އެ ދެ މުވައްޒަފުން ވަޒިފާއިން ވަކިކުރި ކަމުގެ ސިޓީ ފޮނުވާފައިވަނީ ހޮނިހިރު ދުވަހުކަމަށްވެއެވެ.

މިކަމާ ގުޅިގެން "ތޭރަ އޮންލައިން" އިން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާ ސުވާލުކުރުމުން ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved