March 19, 2026
Advertisement
މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރުގެ ބޭނުންކުރަނީ ދެފުށްފެންނަ ގޮތަކަށްތޯ ބަލަން ޖެހޭ: ކުރީގެ ފަރސްޓު ލޭޑީ
މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރުގެ ބޭނުންކުރަނީ ދެފުށްފެންނަ ގޮތަކަށްތޯ ބަލަން ޖެހޭ: ކުރީގެ ފަރސްޓު ލޭޑީ / ތޭރަ އޮންލައިން

މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރުގެ ބޭނުންކުރަނީ ދެފުށްފެންނަ ގޮތަކަށްތޯ ބަލަން ޖެހޭ: ކުރީގެ ފަރސްޓު ލޭޑީ

Ali Haaji
އަލީ ހާޖީ
Dec 3, 2024, 08:18 PM
މާލެ ސިޓީ

މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރުގެ ބޭނުންކުރަނީ ދެފުށްފެންނަ ގޮތަކަށްތޯ ބަލަން ޖެހޭ ކަމަށް ކުރީގެ ފަރސްޓް ލޭޑީ ފަޒްނާ އަހުމަދު ހާމަކޮށްފިއެވެ.

Advertisement

ފަޒްނާ މިފަދައިން ހާމަކޮށްފައިވަނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

ރައީސް އޮފީހުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރި ދެ މުވައްޒަފަކު ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ފަޒްނާ ވިދާޅުވެފައިވަނީ އެ ދެ މުވައްޒަފުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދައުރުން ފެށިގެން އަމާނާތްތެރިކަމާ އެކު މަސްއޫލިއްޔަތުތައް އަދާކުރި ދެ މުވައްޒަފުންކަމަށާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދިނަސް، އެކަންކަން ކުރައްވަނީ ހަމަހަމަކަމާއި ދެފުށްފެންނަ ގޮތަކަށްތޯ ސުވާލުކުރެވި، މިކަމުގައި ވެރިން ޒިންމާދާރުކުރެވެންޖެހޭ ކަމަށް ވެސް ފަޒްނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ގަބޫލުކުރެވޭވަރުގެ ސަބަބެއް ބަޔާންނުކޮށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފަޒްނާ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ފަޒްނާ މިފަދައިން ލިޔުއްވާފައިވާއިރު ރައީސް އޮފީހުން ވަކި ކުރި ދެ މުވައްޒަފުންނަކީ 17 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށްދީފައިވާ ދެ މުވައްޒަފުން ކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ދެ މުވައްޒަފުން ވަކިކުރީ މަގާމުން އަމިއްލައަށް ދުރަށް ދިއުމަށް ރައީސް އޮފީހުގެ މިނިސްޓަރަކު އެންގުމުން އެކަމަށް ދެކޮޅު ހެދުމުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ ބާރުން ކަމަށް ބުނެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދާލަން ކުރި މަސައްކަތް، އިސް ތަރުޖަމާނަށް ކުރި މެސެޖަށް ޖަވާބު ދެއްވާފައި ނުވާތީ ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved