March 19, 2026
Advertisement
ވައްޑެ
ވައްޑެ / ޝަފްރާޒް | ތޭރަ އިމޭޖްސް

މާދަމާ އިންތިހާބެއް ބޭއްވިޔަސް މުއިއްޒު އޮންނާނީ އެންމެ ފުލުގައި: ވައްޑެ

Mariyam Isaadha
މަރިޔަމް އިސާދާ
Dec 3, 2024, 11:54 PM
ހުޅުމާލެ ފޭސް 2

މާދަމާ ރިޔާސީ އިންތިހާބަކަށް ދިޔަޔަސް ރައީސް މުހައްމަދު މުއިއްޒު އޮންނާނީ ނަތީޖާގެ ގޮތުން އެންމެ ފުލުގައި ކަމަށް ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ އަހުަމދު މުހައްމަދު ވަހީދު (ބޯބުޅި ވައްޑެ) ހާމަކުރައްވައިފިއެވެ.

Advertisement

ވައްޑެ މިފަދައިން ހާމަކުރެއްވީ ޕީއެންއެފުން ހޯމަ ދުވަހުގެރޭ ބޭއްވި ޖަގަހަ ޖަލްސާގައި ގައުމުގެ ކަންކަން ހިނގަމުންދާ މަގަށް އަލި އަޅުވާލާ ދެއްކި ވާހަކައިގައެވެ.

އެގޮތުން ވައްޑެ ވަނީ ދިވެހިރާއްޖޭގައި ދެވަނައަށް މެމްބަރުން އެންމެ ގިނަ ޕާޓީ އަދި ރައީސް މުއިއްޒު ވެރިކަމަށް ގެންނަން އެން މެ ބޮޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެއްވި، ޕީޕީއެމް އުވާލަން ނިންމުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.

ވައްޑެ ވިދާޅުވީ ރައީސް މުއިއްޒު ބޭނުންވާ ކަންކަން ނުވާތީ، އުވާލީ ދިވެހި ރައްޔިތުންނަށް ދިވެހި ތާރީހުގައި އެންމެ ޚިދުމަތްތެރި ޕާޓީ ކަމަށެވެ.

ކުރު މުއްދަތަކުން އަޅުގަޑުމެންގެ ރައީސް މި ރާއްޖެއަށް ގެނައި އަގު ނުކުރެވޭ ތަރައްގީ ގެނައީ ޕީޕީއެމްގެ ހުދު ކުލައިގެ ރުކާ ފިޔާތޮށި ކުލައިން މުޅި ރާއްޖެ ޒީނަތްކޮށޤ. ދިވެހި ރައްޔިތުންނަށް އެތައް ހައްލެއް ހޮދާދިން ޕާޓީ އެ އުވާލީ. އަޅުގަޑު ސުވާލަކީ އެ ޕާޓީއާ އެކީ މުއިއްޒަށް އުވާލެވިދާނެހެއްޔޭ މިއޮއް ބޮޑު ބުރިޖާ، އޭ380 ރަންވޭއާ ހުޅުމާލޭގައި ހުރި އެތައް ހާސް ފްލެޓާ. ރައްޔިތުންނަށް ބިރު ދައްކައިގެން ޕީއެންސީއަށް ވެއްދި ނަމަވެސް ރައްޔިތުންގެ ހިތުގައި ރައީސް ޔާމީންއަށާ ޕީޕީއެމްއަށް އޮތް ލޯބި މުއިއްޒަށް އެހެން ފޮވެލިދާނެތޯ އެހެން ގާނޫނަކުން. ތަރައްގިއަކީ ހިންގުމުގެ ނިޒާމުގެ ތެރެއިން ގެނެވޭނެ އެއްޗެއްކަން ދައްކުވައިދިިނީ މީދަ ޕިންކު ދިދައިންނޭ. މިއަދު އެ އުވާލިއޭ. މާދަމާ މިތާ ވޯޓު ފޮއްޓެއް ބެހެއްޓިޔަސް އަޅުގަޑު ބެޓުކޮށްފައި މިބުނަނީ މުއިއްޒު އޮންނާނީ ރިޔާސީ ރޭހުގެ އެންމެ ފުލުގައޭ.

ވައްޑެ

ވައްޑެ އިތުރަށް ވިދާޅުވީ، މުޅި ސަރުކާރުގެ އެތެރެ އޮތީ ވައްކަމާ ފަސާދައިން ފުރިފައި ކަމަށާ އެހެންކަމުން ކޮރަޕްޝަންއަށް ފަރުވާއެއް މި ސަރުކާރުގައި ލިބުން ދުރުކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައު
އެކޮއި
Dec 6, 2024, 06:26 PM
ވައްޑޭ ތިވިދާޅުވަނީ ހަމަރަގަޅަށް މިހާރު އިންތިހާބެއް ވޭވިއަސް މުއީޒު އިންނާނީ އެއްމެ ފަހަތުގަ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved