March 19, 2026
Advertisement
ޕޮލިސް ހެޑް އޮފީސް
ޕޮލިސް ހެޑް އޮފީސް / ޕޮލިސް

ޒަކިއްޔާގެ މަރާއި ގުޅިގެން ބޭރުގެ އިދާރާތަކުގެ ލަފާ ހޯދަނީ

Aminath Zara
އައިމިނަތު ޒާރާ
Dec 4, 2024, 01:13 AM
މާލެ ސިޓީ

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށަށް ނިސްބަތްވާ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނުނު ތަނުގައި އޮތް ވަޅީގެ ތަހުލީލުތައް އަދިވެސް ކުރިއަށްދާ ކަމަށާއި ބޭރުގެ އިންވެސްޓިގޭޝަން އިދާރާތަކުގެ ރައުޔު ހޯދުމުުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޒަކިއްޔާގެ މަރުގެ މައުލޫމާތު މީޑިޔާތަކާއި ހިއްސާ ކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާ ހަސަން ސާމިހު ވިދާޅުވެފައިވަނީ، މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭ ހެއްކެއް ހޯދިފައިނުވާ ކަމަށާއި ނަމަވެސް ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން ސާމިހު އިތުރަށް ވިދާޅުވެފައި ވަނީ ސީނުން ފެނުނު ވަޅިން ފިންގާޕްރިންޓު ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވި ގޮތުގައި ޒަކިއްޔާގެ ކަރުގައި ހުރި ޒަހަމްތަކުގެ ތެރެއިން އެއް ޒަހަމްއަކަކީ ހެސިސްޓެންޓް ވެގެން ދީފައި ހުރި ޒަޚަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން، އޭނާގެ މޭމަތީގައި ކުޑަ ތަންކޮޅެއް ކަނޑައިގެން ގޮސްފައިވާ ކަމަށް ބުނާއިރު، އެއީ ވަރަށް ކުޑަ ނިޔަފަތިން އެޅިފައި ހުރި ކަމަށް ބެލެވޭ ވަތްކެއް ކަމަށް ސާމިހު ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ "ކޫރުމެއް" ގޮތަށް އިން ތަނެއް ކަމަށާއި ކަމާއި ގުޅޭ ޒަހަމެއް ކަމަށް ޑޮކްޓަރުންގެ ބަހަށް ބަލާއިރު ވެސް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved