March 19, 2026
Advertisement
ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި
ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި / ޕޮލިސް

ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 4, 2024, 09:33 PM
މާލެ ސިޓީ

މާލޭގައި އާންމުންނަށް އުނދަގޫ ކުރަމުން ދަނިކޮށް ހުއްޓުވައި، ނަސޭހަތް ދޭން މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ޖަހައި މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށްފި އެވެ.

Advertisement

ފުލުހެއްގެ ގައިގައި ދަތް އެޅި ކަމަށް ތުހުމަތު ކުރެވެނީ މެދު އުމުރެއްގެ އަންހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި އެވެ.

މި އަންހެން މީހާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި މާރާމާރީއާއި އާއްމު އުނދަގޫ ކުރުމެވެ.

ކޯޓުގައި ފުލުހުން ވަނީ ފުލުހުން ނަސޭހަތް ދޭން މަސައްކަތް ކުރުމުން ފިލަން މަސައްކަތް ކޮށް، ފުލުހެއްގެ ގައިގައި ޖަހައި އަދި ފުލުސް މީހާގެ ގައިގައި އަންހެން މީހާ ދަތް އަޅާފައިވާ ކަމަށް ބުނެފަ އެވެ.

ކޯޓުގައި އަންހެން މީހާ ބުނީ އޭނާއަކީ "ބޯ ސަކަރާތް" މީހެއް ކަމަށެވެ. ފުލުހެއްގެ ގައިގައި ޖެހުނު ކަމެއް ވެސް ދަތް އެޅުނު ކަމެއް ވެސް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved