April 22, 2026
Advertisement
24 ގަޑިއިރު އެހުންނަވަނީ ހިދުމަތުގައެއް ނޫން، ވައްކަމެއް ކޮށްލެވޭތޯ އެ ބައްލަވަނީ..!
24 ގަޑިއިރު އެހުންނަވަނީ ހިދުމަތުގައެއް ނޫން، ވައްކަމެއް ކޮށްލެވޭތޯ އެ ބައްލަވަނީ..! / ތޭރަގްރެފިކްސް

24 ގަޑިއިރު އެހުންނަވަނީ ހިދުމަތުގައެއް ނޫން، ވައްކަމެއް ކޮށްލެވޭތޯ އެ ބައްލަވަނީ..!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 5, 2024, 04:21 PM
މާލެ ސިޓީ

ސައުވީސް ގަޑީއިރު ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނަވަނީ ހިދުމަތުގައި ކަމަށް ބުނާ މީހުނަށް މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން ރައްދު ދެއްވައިފި އެވެ.

Advertisement

ޑިމޮކްރެޓްސްއިން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި، މި ކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ ރައީސް މުއިއްޒު ގަޑިއަށް ބައްލަވައިގެން ހުންނަވާ ފޮޓޯއެއް އެ ޕާޓީގެ މެމްބަރުން ޓްވީޓްކޮށް އެމަނިކުފާނު ހުންނަވަނީ 24 ގަޑީއިރު، ހިދުމަތުގައޭ ބުނާ ކަމަށެވެ.

ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، ހަގީގަތުގައި އެމަނިކުފާނު އެ ހުންނަވަނީ 24 ގަޑީއިރު، ވައްކަމެއް ކޮށްލެވޭނެ ގޮތެއް ބައްލަވަން ކަމަށެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި ތިންބާރު ވަކިވެފައިވާ ގާނޫނުއަސާސީ މިއަދުގެ ސަރުކާރުން ޕެރެލައިޒްކޮށްލައިފި އެވެ. ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން މި ގައުމުގައި އެތުރިފައި އޮތް ޑިމޮކްރެޓިކް ނިޒާމް ފުނޑާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފިރުޝާން ފާހަގަ ކުރެއްވި އެވެ.

ގަޑި ބަލަހައްޓަވައިގެން ރައީސް މުއިއްޒު ހުންނަވާ ފޮޓޯއެއް ޓްވީޓް ކޮށްފައި ޕީއެންސީ ބޭފުޅަކު މި ވިދާޅުވަނީ ރައްޔިތުންގެ ހިދުމަތުގައޭ. ނޫން 24 ގަޑީއިރު ވައްކަމެއް ކޮށްލެވޭތޯ. ދޮގެއް ހެދޭތޯ. އުނބަށްޖެހޭތޯ. 24 ގަޑީއިރު މި ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ. ހެޔޮނުވާނެ، މާތްކަލާކޯ ފައިބާ

ފިރުޝާން

ރާއްޖޭގެ ރައްޔިތުންނަށް މިއަދު ޖެހިފައިވާ ނިކަމެތި ހާލަތަކީ ދުވަހަކު ނުޖެހޭ ހާލެއް ކަމަށާއި، އަތުގަ ހަރަދު ކުރާނެ ލޯ ލާރިއެއްވެސް ނެތް ހިސާބަށް ކަންކަށް ގޮސްފައިވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved