March 19, 2026
Advertisement
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ / ޕޮލިސް

ދަރިވަރުންތަކެއް ގްރޫމް ކުރި ޓީޗަރަށް ދައުވާކުރަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 5, 2024, 07:27 PM
މާލެ ސިޓީ

ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި މައްސަލާގައި ޓީޗަރަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

Advertisement

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރެއް ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ މިދިޔަ އޮކްޓޫބަރު 27، ގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި އުމުރުން 29 އަހަރުގެ ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރަން މުއްދަތު ޖެހިއެވެ. އަދި އެއަށްފަހު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރަން މިހާރު ޕީޖީއަށް ފޮނުވާފައި ވާކަމަށެވެ.

މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved