March 21, 2026
Advertisement
ނޮޅިވަރަމްދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ނޮޅިވަރަމްދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / މަޖިލިސް

މަސްދޯނިތަކަށް އިންޑިޔާ ސިފައިން އެރި މައްސަލައިގައި ސަރުކާރުން ޒިންމާދާރުވާން ޖެހޭ: މޮސްޓާ

Aishath Naja
އައިޝަތު ނަޖާ
Feb 5, 2024, 10:09 PM
މާލެ ސިޓީ

ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި އިންޑިއާ ސަފީރު މުނޫ މަހާވަރް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސަރުކާރުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މޮސްޓާ ވިދާޅުވީ، އިންޑިއާގެ ވާހަތަކެއް ދައްކާކަށް އިދިކޮޅު ފަރާތްތަކަށް ނުކެރޭ ކަމަށާއި، ސަރުކާރަކަށް ޗައިނާގެ ވާހަކަތަކެއް ދައްކަން ނުކެރޭ ކަމަށެވެ.

އިންޑިއާ އެމްބެސެޑަރު ކީއްވެގެންތޯ ފޮރިން މިނިސްޓްރީއަށް ހާޒިރު ނުކުރެވެންވީ، ދިވެހިރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރަކު ޓުވިޓާގައި ލިޔެލި އެއްޗަކަށްޓަކައި ރާއްޖޭގެ އެމްބެސެޑަރު ދެއިރުކާ ބޭހެއްހެން އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ދެމި. ހަމަ އެއުސޫލުން ދިވެހި މަސްދޯނިތަކަށް އަރާ ބިރުދައްކާ ހެދިއިރު، ފޮރިން މިނިސްޓްރީއަށް އިންޑިއާ އެމްބެސެޑަރު ހާޒިރުނުކުރެވެންވީ ކީއްވެތޯ. މިއަދުވެސް ހަމަ ހަމަޖެހިލާފަ މިތާ ފަހަތުގަ އިން އިންޑިއާ އެމްބެސެޑަރު، އެންމެން ސަލާންކޮށްފަ މިވަރެއްނެތިގެން، އެކަމަކު ކޮބާހޭ ދިވެހި ރައްޔިތުންގެ ހައްގު. ދިވެހިރައްޔިތުންގެ ރައްކާތެރިކަމެއްނެތޭ މިތާގަ. މީގެ ކުރީގަވެސް ދިވެހި މަސްކަނޑުތައް ދިވެހި ރައްޔިތުންނަށް ބެލެހެއްޓުނު

މޮސްޓާ

މޮސްޓާ ވަނީ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ސަރުކާރުން ހާމަކޮށް ނުދެނީ ކީއްވެތޯވެސް ސުވާލުކުރައްވާފައެވެ. އެގޮތުން ސަރުކާރުން މިއަށްވުރެ ޒިންމާދާރުވާންޖެހޭނެ ކަމަށް މޮސްޓާ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކިހިނެއް ވެގެން އުޅޭ ކަމެއްތޯ ސަރުކާރުން މިއަދާ ހަމައަށް އައިއިރުވެސް ހާމަކޮށްފައިނުވާ ކަމަށްވެސް މޮސްޓާ ވަނީ ވިދާޅުވެ ސަރުކާރަށް ފާޑު އަމާޒުކުރައްވާފައެވެ.

މީގެ އިތުރުން ގައުމު ކުޑައޭ ކިޔާފައި ގައުމުގެ ދިފާއުގައި މިނިވަންކަމާއެކު ބަސްނުބުނެވޭނެ ކަމަށް އިންޑިއާއިން ދެކުމަކީ އެމީހުންގެ ނާގާބިލުކަމެއް ކަމަށްވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved