ގއ. ދާންދޫ / ފޭސްބުކް
ހަބަރު
ދާންދޫ މަގުމަތިން މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޑިސެމްބަރު 2024
މާލެ ސިޓީ

ގއ. ދާންދޫ މަގުމަތިން މަރުވެފައި އޮތް ފިރިހެނަކު ފެނިފައި ވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ ޑޭބީ)، 33، އެވެ.

އޭނަ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 8:30 އެހާކަށްހާ އިރު އެވެ. ޑޭބީގެ ހަށިގަނޑު ފެނުނީ ހަށިގަނޑު އޮތް ގެ ކައިރިން ދިޔަ ބަޔަކަށެވެ. އެ ހިސާބުން ފުލުހުންނަށް ރިޕޯޓްކުރީ އެވެ.

މި ހާދިސާއާ ގުޅިގެން ޑޭބީގެ ހަށިގަނޑު ފެނުނު ގެ ހުރި ސަރަހައްދު ބަންދުކޮށް މިކަމާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

ޑޭބީގެ ހަށިގަނޑު މިހާރު އޮތީ ދާންދޫ ސިއްހީ މަރުކަޒުގަ އެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭ ގުލާބީމަގުގައި ހުރި ގެއަކުން ވެސް މަރުވެފައި އޮތް ދިވެއްސަކު ވަނި ފެނިފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved