އަދުގެ ވެރިން ދިވެހި ގައުމު ސުންނާފަތިކޮށްފި ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމުގައި ސަރުކާރުގެ ވެރިން އަޑީގައި ތިބެ ހިންގަމުންދާ އެކި ޖަރީމާތަކާ ވައްކަންތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ.
އެގޮތުން ސަރުކާރުގެ ޚަރަދުތައް ބޮޑުވެ ދަރަނިނަގާ މިންވަރު އިތުރުކޮށް ދަރަނީ 150 ބިލިއަންއަށް އަރުވާފައިވާ ކަމާއި، ބޭކާރު ޚަރަދުތައް ކުރުމުގައި ބަޖެޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބަޖެޓު ތަޅާ ބުރުއްސަމުން ވެރިންނާ ދާކަން ވެސް މަލީހުގެ އެކްސް ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
Qaumu sunnaafathi kohlaifi. Dharani 150billion rufiyaa ah aruvaifi. Budget thalhaa buruhsanee. Beykaaru meehun sarukaaruge maqaamuthakugai inthihaayah. Rasmale namugai hingaa bodu vakkan nuhuhtuvey @PNFront pic.twitter.com/aJXgmW6vrH
— Mohamed Maleeh Jamal (@maleehjamal) December 6, 2024
މީގެ އިތުރުން މަލީހު ވަނީ ސަރުކާރުގެ މަގާމުތަކުގައި ބޭކާރު މީހުން ތިބި ކަމާ އަދި ކޮރަޕްޝަނާ ވައްކަމަށް މަގު ފަހިވާ ގޮތަށް ހުރި، ރަސްމާލެ ޕްރޮޖެކުޓު ފަދަ ކަންކަން ނުހުއްޓުވޭކަންވެސް ފާހަގަކުރައްވާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ގައުމުގެ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ނެތުމުން ދުނިޔޭގެ ކްރެޑިޓު ރޭޓިން އިދާރާ މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން މަތިނުކޮށް ހިފަހައްޓާފައެވެ.