March 20, 2026
Advertisement
މެންބަރަކު އައްޔަން ކުރަނީ މިހާރު ތިބި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ
މެންބަރަކު އައްޔަން ކުރަނީ މިހާރު ތިބި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ / ފޭސްބުކް

މީރާގެ ބޯޑަށް އާ މެންބަރަކު އައްޔަންކުރަން ނަންތަކެއް ކޮމިޓީއަށް ފޮނުވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 9, 2024, 06:18 PM
މާލެ ސިޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

Advertisement

އެ ބޯޑުގައި މިހާރު ތިބި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން މީރާގެ ބޯޑުގައި ހިމެނޭނީ ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހިމެނޭހެން ހަތް މެންބަރުންނެވެ. ޑެޕިއުޓީ ޓޭކްސް ކޮމިޝަނަރު އަސްމާ ޝަފީއުގެ ދައުރު ހަމަވުމުން އެ މަގާމަށް އެހެން ފަރާތަކަށް މަޖިލީހުން ވަނީ ރުހުންދީފަ އެވެ. ނަމަވެސް އަދި އެމަގާމަށް އޭނާ ރަސްމީކޮށް އައްޔަން ނުކުރެ އެވެ.

ސަރުކާރުން މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ.

މީރާގެ ބޯޑަށް އައްޔަންކުރުމަށް ހުށަހެޅުއްވި ނަންތައް ތަރުތީބުން

  • ދަހާ ޝުއައިބް، ހ. ކެރީބިއަން،
  • އަހުމަދު ފާއިޒް މުހައްމަދު، އަސްރަފީހިޔާ، ލ. މާވަށް
  • އަބްދުﷲ އިމްރާން، މާލަން، ރ. ހުޅުދުއްފާރު
  • މަހުޒޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ.
  • އާމިނަތު އާފިޔާ، ދަފްތަރު ރސ. 13462

މި މައްސަލަ ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށެވެ. އެ ކޮމެޓީން އާންމުކޮށް އެފަދަ މަގާމުތަކަށް އިންޓަވިއު ކުރަނީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved