March 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހުދުމުހުތާރު ވެރިކަމެއް ބޭނުމެއް ނޫން: ރައްޔިތުން

Aminath Zara
އައިމިނަތު ޒާރާ
Dec 10, 2024, 12:24 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި އެފަދަ ވެރިކަމެއް ބޭނުން ނޫން ކަމަށް ދިވެހި ރައްޔިތުން ބުނަން ފަށައިފިއެވެ.

Advertisement

ރާއްޖޭގެ ދިގު ތާރީޚުގައި ލައްކަ ވެރިކަމެއް ފެނިގެން ގޮސްފައިވާ ކަމަށާއި، މިވަރުގެ ވެރިއެއް ރަސްކަމުުގެ ތަޚުތުގައި އަދި އިންތިޚާބު ވެފައިނުވާ ކަމަށްވެސް ރައްޔިތުން އަންނަނީ ސޯޝަލް މީޑިޔާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ސަރުކާރަށް އަހަރެއް ފުރި ދެވަނަ އަހަރު ގުނަމުން ދާއިރު، ދިވެހި ރައްޔިތުންނަށް ސަރުކާރުން އެއްވެސް ފައިދާ ހުރި ކަމެއް ކޮށްނުދެވުނު އިރު، ރައްޔިތުން އިތުރަށް ނިކަމެތިވުން ނޫން ކަމެއް ނުވެއެވެ.

މީގެ އިތުރުން، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ދަތިކަމާއި ބުރަ އުފުލަންޖެހެނީ ދިވެހި ރައްޔިތުން ކަމަށާއި ޑރ މުއިއްޒު ވެރިކަމުން ފޭބުމަށްވެސް މި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދީ، ދިވެހީންގެ ރާއްޖެއެއް ހޯއްދަވައި ދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ދިވެހީންގެރާއްޖެއަކީ ރައްޔިތުންގެ ވެރިކަމެއް ނޫން ކަން ޔަގީންވާކަމަށްވެސް ބުނެފައިވެއެވެ.

ހުރިހާ ކަމެއްވެސް ޕްރެޝަރވެގެން ރައްޔިތުން އެދޭ ގޮތަށް ބަދަލުކުރި ނަމަވެސް، ހެޔޮ ވެރިއެއް ނަމަ ގައުމު މިހާރު އޮތް ހާލަތަށް ނުގެންދަވާނެ ކަމަށްވެސް މި ފަރާތްތަކުން ކުރާ ޕޯސްޓްތަކުން ފާހަގަވެއެވެ.

އާސަންދައިގެ ޚިދުމަތަށް ބަދަލުތައް ގެނެސް، ޑޮލަރުގެ އަގު މަތިކޮށް، ތަކެތީގެ އަގު މިވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ. މަސްވެރިންނަށް ހަމައަށް ލާރި ނުދެވޭ އިރުގައި، ކަރަންޓް ބިލު މިވަނީ ދުވަހަކު މައްޗަށް ނުދާ ވަރަށް މަތިވާން ފަށާފައެވެ.

މިއީ އަދި މި ސަރުކާރުގެ ނާގާބިލުކަމުގެ ކުޑަ މިންވަރެއް ކަމަށާއި ސަރުކާރަކަށް ރައްޔިތުން ނިކަމެތިކޮށް ހުދުމުހުތާރު ވެވޭނީ މިވަރަށް ކަމަށްވެސް ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved