March 27, 2026
Advertisement
-
- / ޕޮލިސް

'ސައިބަރ އެކްސްޕޯ 2024' މިމަހުގެ 11 އިން 13 އަށް ބާއްވަން ނިންމައިފި

Aminath Zara
އައިމިނަތު ޒާރާ
Dec 10, 2024, 04:03 PM
މާލެ ސިޓީ

'ސައިބަރ އެކްސްޕޯ 2024' ގެ ނަމުގައި މި މަހުގެ 11ވަނަ ދުވަހު އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ.

Advertisement

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ބާއްވާން ނިންމާފައިވަނީ މި މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.

މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯ ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ފަސް ފަރާތަކާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved