theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް / ޖޭއެސްސީ
ހަބަރު
އއ. އުކުޅަހު އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ޑިސެމްބަރު 2024
މާލެ ސިޓީ

ޖުޑީޝަލް ސާވިސް ކޮމިޝސް ކޮމިޝަން (ޖޭއެސްސީ) އިން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފައިވަނީ ނޮވެމްބަރު 28 ގައި ކަމަށެވެ. އަދި އެ މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފައިވަނީ އޭނާއާ ގުޅޭ މައްސަލައެއްގެ ތަހުގީގު ނިމެންދެން ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއްނުކުރެ އެވެ. މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށްކަން ނުވަތަ ނޫންކަން ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.

ގާސިމް ސަސްޕެންޑް ކުރަން ނިންމީ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށް ފަހު ކަމަށާއި މަގާމުގައި ދެމިހުރެއްޖެ ނަމަ މައްސަލަ ތަހުގީގު ކުރުމަށް ހުރަސްތަކެއް އެޅިދާނެ ކަމަށް ބެލުމަށް ފަހު ކަމަށެވެ.

ޖޭއެސްސީން މިހާރު ގެންގުޅޭ ސިޔާސަތަކީ މައްސަލައެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި މެނުވީ ތުހުމަތު ކުރެވޭ މައްސަލައިގެ ތަފުސީލުތައް ހާމަނުކުރުމެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved