March 13, 2026
Advertisement
ފުވައްމުލަކުގައި އެންމެ ބޮޑަށް ޑުރަގު ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ 2 މީހުން ހައްޔަރުކުރުން
ފުވައްމުލަކުގައި އެންމެ ބޮޑަށް ޑުރަގު ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ 2 މީހުން ހައްޔަރުކުރުން / ޕޮލިސް

ޑުރަގު ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް 2 މީހަކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 10, 2024, 08:29 PM
މާލެ ސިޓީ

ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Advertisement

ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، އިއްޔެ ހައްޔަރުކޮށްފައިވަނީ . ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު (34 އަހަރު) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29 އަހަރު) އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދިފައިވާގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަހުމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަސަން އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާރު 21 މީހަކާއި ދެ ކުންފުންޏެއްގެ އެކައުންޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލަކުގައި ފުލުހުން ޖެނުއަރީ 14، ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވައި ސުވާލު ކުރުމުގެ އިތުރުން 58 މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 58 މީހުންގެ މައްޗަށް ކުރެވޭ 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved