March 13, 2026
Advertisement
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު / ޕީއެސްއެމް

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް އަހަރީ ބޯނަސް އަދިވެސް ނުދޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Dec 10, 2024, 10:49 PM
މާލެ ސިޓީ

މޯލްޑީވްސް ވޯތަރ އެންޑް ސެވެރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންނަށް ދޭން ޖެހޭ ބޯނަސް އަދިވެސް ނުލިބޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ނަން ހާމަނުކުރުމަށް އެދި އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފަކު "ތޭރަ އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ އަހަރީ ބޯނަސް އަކީ އެޕްރިލް މަހު ލިބެން ޖެހޭ އެލަވަންސެއް ނަމަވެސް އަހަރުގެ ފަހު ކުއާޓަރ އާ ހަމައަށް އާދެވުނު އިރުވެސް ލިބިފައިނުވާ ކަމަށެވެ.

މިކަމާ ގުޅިގެން މުވައްޒަފުން ކަމާ ގުޅުން ހުރި ޑިޕާޓުތަކުގެ ވެރިންނާ ވާހަކަ ދެއްކުމުން ކުއާޓާރއަކަށް ފަހު ކުއާޓަރއެއް ދެމުން އައިސް އެންމެ ފަހުން ބުނެފައިވަނި ފަހު ކުއާޓަރގައި ދޭނެ ކަމަށް ކަންވެސް އެ މުވައްޒަފު ވަނީ ކިޔައިދީފައެވެ. އަދި މިހާރު ގުނަމުން މިދަނީ ފަހު ކުއާޓަރގެ ދުވަސްތައް ކަމަށްވެސް ވެއެވެ.

ފަހު ކުއާޓަރ ޑިސެމްބަރު މަހާ އެކު ނިމިގެންދާނެއިރު މުވަޒަފުންގެ ކަންބޮޑުވުމަކީ މުވައްޒަފުންނަށް ދޭންވާ ފައިސާ ނުދީ ހިފަހައްޓާއިރު ކުންފުނިން ބޭނުންވާ އެހެން ކަންކަން ބަރާބަރަށް ކުރަމުން ފައިސާ ކަރަދުކުރަމުން ގެންދާދިއުމެވެ.

އަހަރީ ބޯނަސް ނުދީ ލަސްކުރާ ސަބަބެއް ކުންފުނީގެ މެނޭޖުމަންޓުން ހާމަކޮށްދީައި ނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މީދިޔާ ކޯޑިނޭތަރ މުއާވިޔަތު މުހައްމަދަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ސާފުވާ ގޮތްނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved