ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހުސްގޮޑި ދައްކައިންކަމަށާއި މިއަދު އެއީ އެއްވެސް ބޭފުޅަކަށް ނުހެއްދެވުމުން ރައްޔިތުން މަޖިލީހުން އެޔަށް ފުރިހަމަ ޖަވާބެއް ދެއްވައިފިކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއި ވިދާޅުވެއްޖެއެވެ.
ރާއި މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ރިޔާސީ ބަޔާން އިއްވުމަށްފަހު ބޭއްވުނު ޖަލްސާއަށްފަހުއެވެ.
އެގޮތުން ރާއި ވަނީ އަދުގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ބަހައްޓަވަމުން ދިޔަ ރައީސް ޔާމީންގެ ހުސްގޮޑި ޕޯސްޓަރަކުން ދައްކާލާފައެވެ.
މިއަދު މިއީ ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން. އަޅުގަނޑުމެން ބެލިން. ދޮގު ހަދާނެކަމުގެ އިންތި އަޅުގަނޑު ދައްކާލާނަން މިއަދު ޕީޕީއެމް/ޕީއެންސީ ގެ ބޭފުޅުންނަށް. މި ގޮނޑި ހިފައިގެންް މިތަނުގައި ރާއްޖޭޣެރ ވެރިކަމަށް އަންނަންވެގެން ރައީސް ޔާމިން ދައްކައިގެން ކަންތައްކުރީ ހުސް ގޮނޑިއެއް ބައިންދައިގެން. މިއަދު އޭގެ ލަދު. މިތަނުގައި ހުސް، ހުސް ގޮނޑި. އެބޭފުޅާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަބޫލުނުކުރާ އުސޫލްތަކެއް ގެންގުޅެން ހަދައިގެން އެބޭފުޅާއަށް ދިމާވި ކަންތައްތަކެއް މިއަކީ.
އޭގެއިތުރުން ރާއީ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރަންށޭ ވިދާޅުވެ ކަރުން އަޑު ނަގައި ހަޅޭއްލެވި ބޭފުޅުން މިއަދު ތިބީ ރައީސް މުއިއްޒުގެ ފައިޕުޅުގައި އެލިގެން ވަޒީރުކަމުގެ މަގާމް ހޯދައްވައިގެންކަމަށެވެ.
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވި އިރުގައި ޝަރުއީ ނިޒާމަށް އަތްބާނާފައިނުވާކަމަށް ވިދާޅުވުމުން ރާއީ ވަނީ އެހެންކަމުން ރައީސް ޔާމީން ހުންނެވީ މިހާެރު ހަލާލް ހުކުމެއްގައިތޯ އައްސަވާފައެވެ.
ރާއީ ވަނީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލިހުން ކަންތައްކުރެއްވި ގޮތައް ރައީސް މުއިއްޒު އެއްބާރުލުން ނުދެއްވާ ރުހުން ނުދެއްވި ވަޒީރުން އަނެއްކާވެސް މަގާމަށް އައްޔަން ކުރެއްވިކަަމަށް ވިދާޅުވެ ފާޑު ކިޔުން އަމާޒުކުރައްވާފައެވެ.